އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި ދައުރު ކުރަމުންދާ އެސްއެމްއެސް ތަކަކީ ހަގީގަތާ ހިލާފު ފޭކް އެސްއެމްއެސް ތަކެއް ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމްއިން މިފަދައިން ބުނެފައިވަނީ މުއިއްޒުގެ ނަމުގައި ތަފާތު އެކި އެސްއެމްއެސްތައް ގިނަ ބަޔަކަށް ފޮނުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޕީޕީއެމްއިން ބުނީ މުއިއްޒުގެ ނަންމުގައާއި މުއިއްޒުގެ މޮބައިލް ނަންބަރުން "ސީވީ ފޮނުއްވުމަށް ބުނެ" ދައުރު ކުރަމުންދާ އެސްއެމްއެސް ތަކަކީ ހަގީގަތާ ހިލާފު ފޭކް އެސްއެމްއެސް ތަކެއް ކަމަށެވެ.

އެކަން ކުރަނީ ކޮންމެ ފަރާތަކުން ނަމަވެސް އެ ފަދަ ނާތަހުޒީބު އަމަލުތައް ނުކުރުމަށާއި އެ ފަދަ މެސެޖެއް ލިބުނު ނަމަވެސް އެއަށް އަމަލު ނުކުރުމަށް ޕީޕީއެމްއިން ވަނީ ނަސޭހަތްތެރި ވެފައެވެ.

ޕީޕީއެމްއިން ބުނީ ނާތަހުޒީބު ފިނޑި އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ޕީޕީއެމްއިން ވަނީ ޑރ. މުއިއްޒުގެ ނަމުގައި ދައުރުކުރަމުންދާ އެސްއެމްއެސްތަކުގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައިދީ، އެކަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ފުލުހުންނަށް ގޮވާލާފައެވެ.

މީގެ ކުރިންވެސް ޑރ. މުއިއްޒުގެ ނަމުގައި ފޭކް އެސްއެމްއެސް ތަކެއް ފޮނުވަމުން ގޮސްފައިވެއެވެ. އަދި އެކަން ތަކުރާރުކޮށް ޕީޕީއެމްއިން ވަނީ ކުށްވެރި ކޮށްފައެވެ.