ސައުދި އަރަބިއްޔާގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ދިވެހިރާއްޖެ އަށް 300 އަށް ވުރެ ގިނަ ސްކޮލާޝިޕް ފުރުސަތު ދީ، ކުރިމަތިލާން ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ސްކޮލާޝިޕްތަކުގެ ތެރޭގައި ކޮމްޕިއުޓާ ސައިންސް، އެގްރިކަލްޗާ، އެޑިއުކޭޝަނަލް ސްޕެޝަލިޓީޒް، އިސްލާމް އެންޑް އަރަބް ލޭންގްވޭޖް، އިންޖިނިއަރިން، އިކޮނެމި، ޕޮލިޓިކްސް، ލޯ، މީޑިއާ އަދި ބިޒްނަސް މެނޭޖްމަންޓް ފަދަ ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.

މި ސްކޮލާޝިޕް ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ވަނީ ކޯހަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯ ބެލުމަށް އެދިފައެވެ.

އަދި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން ޕްރޮޕެޝަނަލް ނުވަތަ ލައިސެންސިން ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގެގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ވެސް މިނިސްޓްރީން އެދިފައިވއެވެ.