ރަސޫލު ކަމައިގެން މޫސާ އަލައިހިއްސަލާމް ފޮނުއްވުނު އިރުގެ ހާދިސާއަކުން ފަށާނަމެވެ. އެއީ މިހާރު ފަލަސްތީނުގެ މުޖާހިދުން އިޒްރޭލަށް އެރި ދެކުނު ބިތުގެ ސައިނާ ފަރުބަދައި ގެ ވާހަކައެވެ. މޫސާގެފާނު ރަސޫލު ކަމައިގެން ފޮނުއްވުނު އިރު، ޔަހޫދީންގެ މައްޗަށް ފޮނުއްވުނު ކޯފާއެއްގެ ގޮތުން ސައިނާ ފަރުބަދަ ބައްޗަށް ބާރު ގުގުރިއާއެކު ހޮނު އަޅާ އަލިފާން ރޯވެ ގޮވަމުން ދިޔައެވެ. އެއާއެކު ޔަހޫދީން ގަންނާ ކުރެއްވި ބިރުން މުސާގެފާނަށް ދަންނަވަމުން ދިޔައީ، ތިމަންމެނާ ކަލޭގެފާނު ވާހަކަ ދެއްކެވުމަށެވެ. އަދި ތިމަންމެން ކަލޭގެ ފާނުގެ އަޑުއަހާނޭ ކަމަށެވެ. އަދި ތިމަންމެނާ ﷲ އާ މެދުވެރި ނުކުރުމަށެވެ.
މުސާގެފާނު އެމީހުންނަށް ދެންނެވީ، ބިރު ނުގަތުމަށާއި ހަމަކަށަވަރުން އެއީ ﷲ ތިޔަބައިމީހުން އިމްތިހާނު ކުރައްވަނީ ކަމަށާއި އެއީ ތިޔަބައިމީހުން ފާފަތަކާ ދުރުވުމަށް ކަމަށެވެ.
މި ވާހަކަތައް ޔަހޫދީންގެ ފަތްފުއްތަކުގައިވެސް އައިސްފައި ވާ އިރު، ޔަހޫދީން މިއަދުވެސް ދެކޭ ބިރުވެރި ކަމަކީ ޖާއިޒު ބިރުވެރިކަމެކެވެ. ﷲ ގެ މަގަށް ރުޖޫއަވުމަށް ލިބުނު ފުރުސަތު ދޫކޮށްލައި މަގުއޮޅި ދިޔަ ބަޔަކު މިއަދުވެސް އެންމެ ބިރުގަންނަނީ މުސްލިމުން ދެކެއެވެ.
މީގެ 50 އަހަރު ކުރިން، 1973 ގައި ޔަހޫދީންނާއި، މިސްރު އަދި ސީރިއާ އާ ދެމެދު ހިނގައި ދިޔަ ހަނަގުރާމައަށް ފަހު ޔަހޫދީންގެ ހިތްތަކުން ބިރުވެރިކަން ފިލައިގެން ނުދެއެވެ. އެ ހަނގުރާމަ ފެށިގެން އައި އިރު ޔަހޫދީންނަށް ބަދަދުވެރިވީ އެމެރިކާއިންނެވެ. އަރަބިންނަށް މަދަދު ދިނީ ސޯވިއެޓް ޔޫނިއަން [މިހާރުގެ ރަޝިއާ] އިންނެވެ.
1962 އިން ފެށިގެން އެމެރިކާ އާއި ރަޝިއާ އާ ދެމެދު އޮތް ވާދަވެރިކަމުގެ ތެރެއިން އިޒްރޭލާއި އަރަބިން މަދަދު ހޯދަމުން ދިޔަ އިރު، ޖަރޫސަލަމް ހިމެނޭހެން ކުރިން އޮތް ފަލަސްތީނުގެ ބިންތަން އިޒްރޭލުން އަތްދަށުލީ އެ ހަނގުރާމައިގައެވެ. އިޒްރޭލުގެ ދެކުނުން މިސްރުން އެރީ ސައިނާ ޕެނިންސުއޭލާ ސަރަހައްދުންނެވެ. އުތުރު ކޮޅުން އެރީ ސީރިއާ އިންނެވެ. އެއީ ގޯލާނުގެ އުސްބިންތައް ހިމެނޭ ސަރަހައްދެވެ. ހަމަލާތަކުގައި 3 ފަރާތަކަށް ބޮޑެތި ގެއްލުންތައް ލިބިގެން ދިޔަ ނަމަވެސް ކާމިޔާބު ކުރީ ޔަހުދީންނެވެ.
ޔަހޫދީން ބޭނުންވި ޖާސޫސީ މައުލޫމާތު އޭރެ މިސްރުގެ އެތެރެ ކޮއިލުން ފޯރުކޮށް ދެމުން ގެންދިޔައީ އިނގިރޭސިވިލާތުގައި ހުރި އެމެރިކާގެ އެމްބަސީއަށެވެ. އެމެެރިކާގެ އިސްދައުރެއް އޮތް އެ ހަނގުރާމަ ދިގުލައި ނުދިޔަނަމަވެސް ޔަހޫދީ ދިދަ ފަލަސްތީނުގެ ބިމުގައި ވިހުރުވާލިއެވެ.
އިޒްރޭލުން ބިރާ ކުރާ ހަނގުރާމަ
އެ ދުވަހަށް ފަހު އިޒްރޭލުގެ އެންމެ ބޮޑު އަމާޒަކަށް ވީ، ދުނިޔޭގެ އެތަން މިތާނގައި އުޅެމުން ދިޔަ ޔަހޫދީން އިޒްރޭލަށް ގެނެސް ވަޒަންވެރި ކުރުވުމެވެ. އެމީހުންނަށް ރައްކާތެރިކަން އޮތީ ހަމަ އެކަނި އިޒްރޭލުގެ ބިމުގައި ކަމަށާއި އެމީހުންނަށް ދިރިއުޅެވޭނެ ތަނަވަސް މާހައުލެއް ގާއިމުކޮށްދީ، ހަތިޔާރުވެސް ދޭނެ ކަމަށް ބުނެ މީހުން ގެނައެވެ.
ރޭވިގެން ހިންގަމުން ދިޔަ ޖަރީމާއެއްގެ ގޮތުން، ހިފި ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުން ގެންދިޔައެވެ.
1947 ގައި ޕަލަސްތީނުގެ ބިން ދެބައިކޮށް، ހުޅަނގު އައްސޭރިއާއި އިރުމަތީ ޖަރޫސަލަމާއި ގާޒާ ސްޓިޕް ހިމެނޭހެން އެއީ ޕަލަސްތީން ކަމުގައި ކަނޑއަޅައި ބާކީ ބައި އެއީ އިޒްރޭލު ކަމުގައި އދ ގެ އާންމު މަޖިލީހުން ކަނޑައެޅިި ނަމަވެސް، އެ ހަނގުރާމަ އަށް ފަހު އެ ބިންތަކަށް ވެރިވި އިޒްރޭލުން މިއަދާ ހަމައަށް ވެސް އެ ތިބެނީ ބިރެއްގެ ތެރޭގައެވެ. ހައްގު ނޫން މުދަލެއްގެ މައްޗަށް ވެރިވެގެން ތިބޭ އިރު ދިމާވާނެ ހުރިހާ ކަމަކާ ކުރިމަތިލާން ޖެހިފައެވެ.
1948 ގައި އދ އިން އިޒްރޭލަކީ ދައުލަތެއް ކަމަށް ބަލައިގެން ނަމަވެސް އަދާ ޖެހެންދެންވެސް ޕަލަސްތީނަކީ ދައުލަތެއް ކަމަށް ބަލައިގެންފައެއް ނުވެއެވެ.
އެ ދުވަހަށް ފަހު އައި ކޮންމެ ދުވަހަކީ، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ހައްގު ހޯދުމަށްޓަކައި ގައުމީ ޖިހާދެއް ކުރަމުން އަންނަ ދުވަހަކަށް ވާއިރު، ޔަހޫދީންގެ ބިރަކީ ފަލަސްތީނުގެ ރައްޔިތުންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލެއްގެ މައްޗަށް އޮންނަ ބިރެކެވެ.
ކޮންމެ ގެއެއްގައި ބަޑިއެއް، ކޮންމެ އަވަށެއްފައި ބަރުހަތިޔާރު ބަހައްޓައިގެން ޔަހޫދީން އުޅެމުން ދަނީ އެ ނުތަނަވަސް ކަމުގައެވެ. ފަލަސްތީނުގެ މުސްލިމުން ދެކެ ގަންނަ ބިރެއްގެ ސަބަބުން ހަމަ ނިދި ނުލިބޭ އިރު ޔަހޫދީން ދިޔައީ އެމީހުންގެ ފޮތްތަކާއި ތައުލީމީ މަންހަޖުގައި ވެސް ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ރުޅި އައުމަށް ހިތްވަރުދޭ މާއްދާތައް ހިމަނައި ކިޔަވައިދެމުންނެވެ. އެގޮތުން ފަލަސްތީނުގެ މުސްލިމަކު ފެނިއްޖެ ނަމަ ޝަހީދު ކޮށްލާނެ ގޮތްތައް ތުއްތު ކުދިންގެ ސިކުނޑިތަކަށް ދިޔައީ ވައްދައިދެމުންނެވެ.
ނަފްރަތާއި ރުޅިވެރިކަން އަށަގެންނެވުމުގެ ބޭނުމަކީ، އެ ބިމުން މުސްލިމުން ފުހެލުމެވެ.
ފަލަސްތީނުގެ ޖިހާދު
ފަލަސްތީނުގެ ރައްޔިތުންނަށް ޔަހުދީން ކުރަމުން ދާ ނުހޮރުއްޕާނާއި ޖައްސަމުން ދާ އަހުވަ އާއި ދެމުން ގެންދާ އަނިޔާތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަން މިއަދު ފަލަސްތީނުގެ ރައްޔިތުން އެދަނީ ދައްކަމުންނެވެ.
މިއަދު ފަލަސްތީނުގެ ކޮންމެ ދަރިއަކީ ވަތަނުގެ ދިފާއުގައި ޖިހާދުވާނެ ދަރިއެއްކަން އެދަނީ ހާމަ ކޮށްދެމުންނެވެ.
ހޮނިހިރު ދުވަހުގެ އިރު ފެނުން ތޮޅިލީ، އެމެރިކާގެ ބާރާއި މަދަދާއެކު ނިއުކްލިއާ ގާބިލުކަން ހޯދާ ދުނިޔޭގައި ނެތް ވަރުގެ ޖާސޫސީ އިދާރާއެއް އޮތް އިޒްރޭލު ހޭލައްވާލާފައެވެ. ސިހުމާއި ބިރާއެކު އެމީހަކަށް ދުވެވުނު ބާރުމިނެއްގައި ދުވަމުން ދިޔައީ ގަވައިދާ ހިލާފަށް ވަޒަންވެރިވެގެން ތިބި ގެދޮރު ދޫކޮށެވެ. ސަރަހާގެ ތެރޭގައި ދުވަމުން ވެއްޓެވުން، ރޮމުން ހޭރެމުން ދިޔައީ ދެން ވަންނާނެ ހިޔާވައްސެއް ނެތިއެވެ.
ހަމާސްގެ ރޮކެޓްތައް ޔަހުދީންގެ ބޮލަށް އޮއްސާލީ، އެފަދަ ހަމަލާއެއް އަތުވެދާނެ ކަމަށް މުޅި އިޒްރޭލު ވަށާ ގާއިމުކޮށްގެން ތިބި އަޔަން ޑޯމް [ދަނގަނޑު ދާގަނޑު] ފޫއަޅުވާލާފައެވެ. ދެކުނު ސައިނާއޭ ކިޔުނު ސަރަހައްދުން ހަމަލާތައް އަމާޒު ކުރުމުގެ ކުރިން ހަމާސް އިން ވަނީ ޔަހޫދީންގެ މިސައިލް ނިޒާމުތައް ޖޭމް ކޮށްލާފައެވެ. އެއާއެކު ފުރަތަމަ 20 މިނެޓުގެ ތެރޭގައި 5000 ރޮކެޓް ފޮނުވާލިއެވެ. މޮޓަރައިޒްޑް ގްލައިޑާތަކުގައި އުދުހި ގޮސް ސިދްރަތަށް ވަދެގަތެވެ. އަމިއްލައަށް އިން ވަކިކޮށް ޖަހާފައި ހުރި ފެންސް، ބުލްޑޯޒަރު އަރާ ވައްޓާލިއެވެ. ކަނޑުން މެޑިޓަރޭނިއަން އިން ވޭލަރުތަކާއި ލޯންޗްތަކުގައި ދިމާ ކުރިއެވެ. ގައިޑަޑް ޑްރޯން ހަމަލާތައް މަތިން ދިނެވެ.
ވަށައިގެން ޔަހޫދީން ބައްދާލިއެވެ. ދާނެ ނުދާނެ ތަނެއް ނޭނގި ސަހަރާތެރެއިން މަގުތަކުން ދުވަމުން ދިޔަ އެތައް ސަތޭކަ ޔަހޫދީންނެއް އަތުލިއެވެ. ހިފާ ހައްޔަރު ކޮށް، 45 ކިލޯމީޓަރުގެ ރާސްތާއަކަށް ދުއްވާ އެންމެން ގާޒާގެ ތެރެއަށް ގެންދިޔައެވެ.
ގާޒާއަކީ 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ، ގެއަކާ ޖެހި ގެއެއް، އިމާރާތަކާ ޖެހި އިމަރާތެއް ހުންނަ ސިޓީއެއް ކަމުން، ގެންދިޔަ މީހުން ފޮރުވީ ކޮންތާކު ކިހިނެއް ކަމެއްވެސް ނޭނގެއެވެ.
އަތުލައި ރަހީނު ކުރި މީހުންގެ ތެރޭގައި ޔަހޫދީ ކޮމާންޑަރުންނާއި ސިފައިންނާއި އާންމުން ހިމެނޭ އިރު، ޔަހޫދީ ސަރުކާރަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގާޒާއަށް ހަމަލާދޭން ބަލާއިރު އެމީހުންގެ ރައްޔިތުންގެ ބޮލަށް ވެސް ބޮމެއް ނުވެއްޓޭނެ ކަމުގެ ޔަގީންކަން ނެތުމެވެ.
އެހެންނަމަވެސް ޔަހޫދީން ދަނީ ގާޒާއަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި ޕަލަސްތީނުން މިހާތަނަށް 400 މީހަކު ވަނީ ޝަހީދުވެފައެވެ. ޒަހަމްވި މީހުންގެ އަދަދު 1600 ފަހަނައަޅާ ހިނގައްޖެއެވެ.
މި ޖިހާދުގައި މުޅި އިސްލާމީ އުއްމަތް އޮތީ ފަލަސްތީނާއެކުއެވެ. އެއްބައިވަންތަކަން ދަނީ ހާމަ ކުރަމުންނެވެ. ދުނިޔޭގެ އެތަން މިތާނގައި މުޒާހަރާތަކާއި އެއްވުންތައް ދަނީ ބާއްވަމުންނެވެ. ބޮޑެތި ސިޓީތަކުގެ މަގުތައް ފުރާލާފައި ވަނީ ފަލަސްތީނުގެ ދިދައާއި ސަޕޯޓުންނެވެ.
ހުރިހާ މުސްލިމުންވެސް މުސްލިމުންގެ ގޮތުގަ ތިބެ ދުއާކުއްވާ އިންޝާ ﷲ ކާމިޔާބާއި ނަސްރު އޮތީ ﷲގެ މަތިވެރިދީން މަތީގައި ތިބި އިސްލާމީ ފަހުލަވާނުންނާއ އެކު އިންޝާﷲ
ބޯން އުޅުނު ހޫނު ޝަރުބަތު ތިއޮތީ އެބޮވިފައޭ ތިޔަހެން ދެފައި ޖަހާލުމަކުން ބިންގުޑާނެހޭ. ﷲގެ ކުޅަދުނަވަންތަ ކަން ނިކަން ދެކިބަލާބަލަ. އިޒުރޭލުންވެސް އެބަ ޖެހޭ އެހެން ތައުރާތުގެ ޙުކުމް ތަކާއި ޝަރީޢަތް ތަކަށް ބޯލަނަބަން.