މާދަމާއަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ 2 އޮކްޓޯބަރު 2023 (މާދަމާ) ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީ މާދަމާ ސަރުކާރު ބަންދު ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދުމުން ކަމަށެވެ.

މިގޮތަށް ރައީސް ސޯލިހު ނިންމަވާފައިވާއިރު އިއްޔެ ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން މިއަދަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮތީ ހަމަޖައްސާފައެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، 53 ޕަސެންޓާއެކު އިންތިހާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި ސޯލިހު އަށް ލިބިވަޑައިގަތީ 45 ޕަސެންޓާއެކު އިންތިހާބުގެ ދެވަނައެވެ.