ތ. ކަނޑޫދޫ އަދި ތ. ވަންދޫގައި 2 މިސްކިތެއް އިމާރާތްކުރަން 2 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ކަނޑޫދޫގައި އިމާރާތްކުރާ މިސްކިތް ހާވާލުކޮށްފައިވަނީ 11.3 މިލިއަން ރުފިޔާއަށް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަށެވެ.

ވަންދޫގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 9.8 މިލިއަން ރުފިޔާއަށެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މި މިސްކިތް ހަވާލުކޮށްފައި ވަނީ 365 ދުވަސްތެރޭގައި ނިންމުމަށް ކަމަށެވެ. 300 މީހުންގެ ޖާގައިގެ މި ދެ މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރެވޭ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރިީއިން ބުނެއެވެ.

މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.