އުމްރާގެ އަޅުކަން އަދާކުރާ އަންހެނުން ހެދުން އެޅުމުގައި ގެންގުޅެން ޖެހޭ އުސޫލުތައް ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާ މިިިނިސްޓްރީ އިން އާންމު ކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ އުމްރާގެ ދަތުރުގައި އުޅޭ އަންހެނުންގެ އިހުރަމަކާއި އާދަކާދައިގެ ކޮސްޓިއުމްގެ ތަފާތު ވަރަށް ބޮޑަށް ސާފުވެގެންދާ ކަމަށެވެ.
އެ މިނިސްޓްރީ ބުނީ އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި އަންހެނުން އަޅާ ހެދުމަކީ ގަޔަށް ދޫ އަދި މުޅި ހަށިގަނޑު ނިވާވާ ހެދުމުކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެ ހެދުމަކީ ޒީނަތްތެރިކުރަން އެެއްވެސް އެއްޗެއް ބޭނުން ނުކުރާ ހެދުމަކަށް ވާން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ކޮންމެ އަހަރެއްގެ ހުރިހާ ދުވަސްވަރެއްގައި ވެސް އުމްރާގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ބައަކު މައްކާއަށް އެއްވާއިރު އެކި ސަރަހައްދުތަކުގެ ސަގާފަތްތަކާ އެއްގޮތަށް ހެދުން އަޅާކަން ވެސް ފާހަގަ ކުރެވެއެވެ.
މައްކާއަށް އުމްރާގެ އަޅުކަން އަދާކުރަންދާ އަންހެނުން، އަންހެނުންގެ އައުރައިގެ ތެރޭގައި ހިމެނޭ ދެ ފައިތިލަ ބައެއް މީހުން ނިވައި ނުކުރާކަން ވެސް ފާހަގަ ކުރެވެއެވެ. އަދި ޒީނަތްތެރި ކޮށްފައިވާ ހެދުމާއި މޭކަޕް ފަދަ ތަކެތި ބޭނުން ކުރާ މީހުންވެސް އުޅެއެވެ.