ވޯޓުލާން ހަމަޖެހިފައިވާ ގަޑި ހަމަވުމުން ވޯޓުލާ ކިޔު ބަންދު ކުރުމާ ގުޅިގެން ދަރުމަވަންތަ، އަމީނިއްޔާ އަދި ބިލަބޮންގްގައި ހަމަނުޖެހުން ހިނގައިފިއެވެ.
ދަރުމަވަންތަ ކައިރީ ހަމަނުޖެހުން ހިންގާތީ އެ ސްކޫލްގެ ގޭޓް ބަންދު ކޮށްފައިވާއިރު އީސީއިން ބުނީ ދަރުމަވަންތަ ސްކޫލުގެ ކިއު 4 ޖެހުމާ އެކު ބަންދުކުރި އިރު ކިއުގައި މީހުން ނެތް ކަމަށެވެ. ނަމަވެސް ސްކޫލް ބޭރުގައި ބައެއް މީހުން މަޑުކޮށްގެން ތިބި ކަމަށާއި އެގޮތަށް ބޭރުގައި ތިބުމަކީ ކިއުގައި ޖެހިގެން ތިބުމެއް ނޫން ކަމަށެވެ.
ކިއު ބަންދު ކުރުމާ އެކު އެ ސްކޫލު ބޭރުގައި މަޑުކޮށްގެން ތިބި މީހުން ހަމަނުޖެހުން ހިންގާފައި ވާއިރު އެ ސްކޫލަށް ވަނުމަށް ހުޅުވާފައިވާ ގޭޓްވެސް ވަނީ ބަންދު ކޮށްފައެވެ. އަދި އެތެރެއަށް މީހުން ވަންނަން މަސައްކަތް ކުރާތީ ވޯޓުލީ މީހުން ނެރެމުން ދަނީ ވެސް ފުލުހުންގެ އެހީތެރިކަމާ އެކުގައެވެ.
އަމީނިއްޔާ އަދި ބިލަބޮންގް ސުކޫލުގައި ހަމަނުޖެހުން ހިނގާފައިވަނީ ކިއު ބަންދުކޮށްފައި ވަނިކޮށް ބަޔަކު ކިއުއަށް އެރުމުން ކަމަށްވާއިރު މަސްލަހަތު ގޯސްވެ އަމީނިއްޔާ ސްކޫލު ސަރަހައްދުގައި ވަނީ މާރާމާރީއެއްވެސް ހިންގާފައެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ކިއު ބަންދުކުރި ފަހުން ވޯޓުލުމަށް މަސައްކަތްކޮށް ހަމަނުޖެހުމެއް ހިނގާފައި ވާއިރު އައްޑޫ ސިޓީގައި ހުރި "ދަ ޕްރެސް"ގެ ނޫސްވެރިޔާ ބުނީ އެ ހަމަނުޖެހުން ހިނގާފައި ވަނީ އައްޑޫ ސިޓީގެ މީދޫގައި ހުންނަ ސ. އަތޮޅު ސްކޫލުގައި ބަހައްޓާފައިވާ ވޯޓުފޮށްޓަކަށް ވޯޓުލުމަށްޓަކައި ހަދާފައިވާ ކިއު ބަންދުކުރި ފަހުން ވޯޓުލާން މަސައްކަތް ކުރުމުން ކަމަށެވެ. އަދި ވޯޓުލާން މަސައްކަތް ކުރީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށާއި އޭނާ ނެރުމަށް ޕީޕީއެމްގެ އެކްޓިވިސްޓުން މަސްކަތް ކުރި ކަމަށެވެ. މިހާރު އެ ސަރަހައްދުން އެ މީހުން ދުރުކޮށް އެ ސްކޫލުގެ ގޭޓުގެ ތަޅު ވަނީ އަޅުވާފައެވެ.
ޜާއްޖޭގަ ހަމަނުޖެހުން އުފެއްދުމުގެ ރެކޯޑް އޮތް ބަޔަކީ އެމްޑީޕީ މިސަރުކާރުގެ މަތިފަޑީގެ މީހުންވެސް ބުނޭތާ އެހެން ސަރުކާރެއް އަތުވެއްޖެ ނަމަ އަމާންކަމެއް ނޯންނާނެޔޭ އެއީ. އެއީ އިދިކޮޅު ޕާރޓީއަކަށް އެމްޑީޕީ އޮވެއްޖެ ނަމަ އަމާން އަމާންކަން ނަގާލާ ރާއްޖޭގައި ހުޅުޖަހާނެ ބަޔަލީ އެމީހުން ކަމަށްވާތީ