ތުރުކީގެ ތޮޑެކްސް ކްރިޕްޓޯކަރަންސީ ހިންގާ ފާރޫކް ފާތިހް އޯޒެރް 29އ، 11،196 އަހަރަށް ޖަލަށް ލައިފިއެވެ.

ފާރޫކް ހިންގާ ތޮޑެކްސް ބަނގުރޫޓު ވުމާއެކު، އޭނާ ވަނީ 2021 ވަނަ އަހަރު ފިލައިގެން އަލްބޭނިއާ އަށް ގޮސްފައެވެ. އެތަނުން ހައްޔަރު ކޮށް މިއަހަރުގެ ޖޫން މަހު އަނބުރާ ތުރުކީއަށް ފޮނުވާލުމުން އޭނާގެ މައްޗަށް ހިންގި ޝަރީއަތުގައި މަނީލޯންޑަރިން ކުރުމާއި މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 11 ހާސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި އިރު އޭނާގެ ދެ ކޮއްކޮ އަކަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.

ޝަރީއަތުގެ މަޖިލީހުގައި އޮޒޭރު ބުނީ، އޭނާގެ ނިޔަތަކީ އޮޅުވާލުން ކަމަށް ވާނަމަ، ތަސައްރަފު ފުދިފައި ހުރި މީހެއް ފަދައިން އޭނާ އަމަލު ނުކުރީސް ކަމަށާއި، އުމުރުން 22 އަހަރުގައި އުފަން ކުރި ކްރިޕްޓޯ ކުންފުނި ހިންގާލި ގޮތުން ދޭހަ ކޮށްދެނީ ދުނިޔޭގެ ކޮންމެ ކުންފުންޏެއްވެސް އޭނާއަށް ހިންގިދާނެކަން ކަމަށެވެ.

ތުރުކީގައި މިބާވަތުގެ ތަފާތު ކުށްތަކުގައި ދިގު މުއްދަތަކަށް ޖަލަށް ލުމަކީ އާންމު ކަމެކެވެ.

މީގެ ކުރިން ޓީވީ ޕްރޮގްރާމް އުފައްދާ އެކިއެކި ޝޯތައް ހުށަހަޅާ މީހަކު މަކަރާއި ހީލަތް ހެދުމުގެ އިތުރުން ޖިންސީ އަމަލުތައް ކުރާކަމުގެ ތުހުމަތުގައި 8658 އަހަރަށް ޖަލަށް ލައިފައި ވެއެވެ.

ކްރިޕްޓޯ ބޮސް އޯޒެރް ކުންފުނި ބަނޑުރޫޓު ވުމުން ފިލައިގެން ދިޔަ އިރު އެކުންފުނީގެ މިލްކިއްޔާތުގައި 2 ބިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.