ޕީޕީއެމްގެ ސަޕޯޓަރުންނާއި އެ ޕާޓީގެ މެންބަރުން ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ވޯޓު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށާއި ދެވަނަ ބުރަކަށް ސޯލިހް ދިޔަ ނުދިނުމަށް އިލްޔާސް އަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ސަޕޯޓަރުންނާއި އެ ޕާޓީގެ މެންބަރުންގެ އަރިހުން ރައީސް ނަޝީދު ވަނީ އިލްޔާސް އަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ އިރު، ޕީޕީއެމް އިން ތާއީދުކޮށް ކެމްޕެއިން ކުރަމުން އަންނަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހޮވުމަށެވެ. މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި ޕީޕީއެމްގެ ލީޑާޝިޕާއި ޕީޕީއެމްއަށް ތާއިދުކުރާ ސަޕޯޓަރުން ހަރަކާތްތެރިވާ މަންޒަރު ފެންނަމުންދާ އިރު، އެންމެ ބޮޑު ތަރުހީބެއް އޮތް ދެ ކެންޑިޑޭޓުންގެ ގޮތުގައި ފާހަގަ ވެފައި ވަނީ ރައީސް ސޯލިހާއި ޑރ. މުއިއްޒެވެ.
ނަޝީދު ވަނީ ޕީޕީއެމްގެ ތާއީދު ހޯއްދެވުމަށް ރޭގެ ވަގުތެއްގައި ރައީސް ޔާމީންގެ އަނިބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް އާ ބައްދަލު ކުރައްވާ ސަލާމް ވެސް ކުރައްވާފައެވެ.
ގިނަ އަހަރުތަކަކަށް ފަހު ސިޔާސީ މަސައްކަތްތަކާ ދުރުގައި އުޅުއްވުމަށް ފަހު ރޭ މެޑަމް ފާތުން ވަނީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެ ހަރަކާތް ނިންމަވާލައްވައި ގެކޮޅަށް މެޑަމް ފާތުން ވަޑައިގެން ވަގުތު އެ ސރަަހއްދަށް ރައީސް ނަޝީދު ވަޑައިގެން މެޑަމް ފާތުންނާ ސަލާމް ކުރެއްވިއެވެ. އަދި އެ ވަގުތު މެޑަމް ފާތުނަނާ އެކު މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ޕީޕީއެމް އަދި ޕީއެންސީގެ ސަޕޯޓަރުންނާއެކު ނަޝީދު ވަނީ ރައީސް ޔާމީން ޖަލުން ދޫކޮށްލުމަށް ގޮވަލައްވާ އަޑު އުފުއްލަވާފައެވެ.
ނަޝީދުގެ މި ހަރަކާތުން އެތައް ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެ ގޮތުން ދެން އެންމެ އަވަހަށް ދަ ޑިމޮކްރެޓްސްއާއެކު ކޯލިޝަން ހެދުމަށް ނަޝީދު ވަޑައިގަންނަވާނީ ޕީޕީއެމް ފަޅިއަށް ކަމަށް ވެސް ބައެއް ފަރާތްތަކުން އަަންނަނީ ބުނަމުންނެވެ.
އެމްޑީޕީ ދޫކުރައްވާ ރައީސް ނަޝީދު ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަށް ފަހު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ. އަދި ކުރީގައި އިދިކޮޅު ސީޔާސީ ޕާޓީއާ ދެކޮޅަށް ވާހަކަ ދެއްކެވި ނަމަވެސް އެމްޑީޕީން ވަކިވެވަޑައިގަތް ފަހުން އިދިކޮޅުގެ ބައެއް ކަންކަމަށް ރައީސް ނަޝީދު ތާއީދު ކުރައްވާ މަންޒަރު ވެސް އަންނަނީ ފެންނަމުންނެވެ.
އެގޮތުން މީގެ ކުރިން ރައީސް ނަޝީދު ވަނީ ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީންގެ ޝަރީއަތަށް އަތްޕުޅުލެއްވި ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަތްޕުޅު އޮތީ ޝަރީއަތުގެ ތެރޭގައި ތާށިވެފައި ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރުމަށް ނަޝީދު ވަނީ ރައީސް ސޯލިހަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. އަދި ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރުމަކީ އިންސާފުވެރި އިންތިހާބަކަށްޓަކާ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ޅަދުހަޔާތް ކޮބާ ނަޝީދޫ ތިޔަ ބުނާ އިލްޔާސަށް ހައެއްކަހާސް ވޯޓު ލިބުނަސް މަބުނާނަން ސާބަހޭ. ޚޮއި އެބަ ހިތަށް އަރާ ދޮއްތަ ވަރަށް ގިނަ ބަޔަކު ވޯޓު ދޭނެޔޭ. ޢެފަދަ މީހެއްގެ ފަހަތަށް އަރަންވީ ކީއްކުރަން އަބަދުވެސް މިއަންނަނީ ބައިބޮޑުފަރާތުގެ ފަހަތުން ބައިކުޑަފަރާތް އަންނަތަން . ޟިހާރު ތިބުނަނީ އޮޑި ކަނބާށޭ ބޮއްކުރާ ގާތަށް ދޮއްތަ ބޯގޯސް ވިޔަސް ބޮޑުވަރު
ބޮކުރާ ދަށަށްދާންވީ ބައްތެލިތަ
ނަޝީދަށް ގުރައިދޫން ގޮޅިއެއް ހަމަޖައްސަން ފެނޭ