ރޯދަ މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ހަމަޖައްސައި ދެއްވާނަން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްކެއެވެ.
މުއިއްޒު މިހެން ވިދާލުވީ، ރިޔާސީ ކެމްޕެއިންނަށް ކުރައްވާ ދަތުރުގެ ތެރެއިން ބ. އޭދަފުއްޓަށް ވަޑައިގެން މިހާރު އެ ރަށުގައި ކުރިއަށް ގެންދާ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒުއަށް ވެރިކަން ލިބިވަޑަިއގެންފި ނަމަ ކުރައްވާނެ ކަންކަން ހާމަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، ސަރުކާރު ވަޒީފާގައި އުޅޭ މީހުންނަށް ރޯދަ މަހުގެ ފަހު 10 ވާނީ ބަންދު ދުވަސްތަކަކަށް ކަމަށެވެ.
ސަރުކާރު މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު 10 ބަންދު ކުރަން ނިންމާ އިރު ސްކޫލްގައި ކިޔަވާ ކުދިންގެ ތެރެއިން ގްރޭޑް 8 އިން ދަށުގެ ދަރިވަރުންނަށް ވެސް ސްކޫލް ބަންދު ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ގްރޭޑް 8 އިން މަތީގެ ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލް ބަންދު ކުރަން ގަސްތު ނުކުރައްވާ ކަމަށާއި އެއީ އިމްތިހާންތަކަށް ތައްޔާރު ވުމަށް އެ ދަރިވަރުން ސްކޫލަށް ގޮސް ކިޔެވުން ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ގްރޭޑް 8 އިން ދަށުގެ ދަރިވަރުންނަށް އެ ދުވަސްވަރު ސްކޫލް ބަންދު ކުރުމުން އެ ކުދިންގެ ބެލިވެރިންނަށް ވެސް ލުއިތަކެއް ލިބިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަދަން ނިންމަވާފައިވާ ކަން މުއިއްޒު އިއުލަން ކުރައްވާފައިވާ އިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައި ދެއްވާނެ ކަމަށް ކުރިން ވިދާޅުވެފައެވެ.
ބަންދޭ ފެމިލީއަށް ބަންދު މުޢީޒެއް! މީނަގެ ސަރުކާރެއްގައި ހުސް ބަންދު ދުވަސްތައް. އަނބިން އެކަނިވެރި މައިންނަށް ބަދަލުވެ އެކަނިވެރިން ގިނަވެގެންދާނެ.