އޮސްޓްރޭލިއާގެ އަންހެނެއްގެ ސިކުނޑީގައި ދިރި އޮތް 3 އިންޗީގެ ފަންޗެއް ނަގައިފިއެވެ. ސައިންސްވެރިން ބުނާ ގޮތުގައި، މިއީ ދިރިހުރި އިންސާނެއްގެ ސިކުނޑީގައި ދިރި އޮތް ފަންޏެއް ފެނުނު ފުރަތަމަ ފަހަރެވެ.

މި ފަނި ނަގާފައި ވަނީ، އަންހެން މީހާގެ ސިކުނޑީގެ ފުރަންޓަލް ލޯބް ކިޔާ ބަޔަށް ލިބުނު ގެއްލުމަކާ ގުޅިގެން ކުރި ސާޖަރީއެއްގައެވެ. ސިކުނޑީގެ ފުރަންޓަލް ލޯބަކީ، ވިސްނުމާއި، ހަނދާން ކުރުމާއި އެކިއެކި ހުނަރުތަކާއި ވާހަކަ ދެއްކުމާއި އެހެން މީހުންނާއި އަދި ތަކެއްޗާ މުއާމަލާތު ކުރާ ގޮތް ފަދަ މުހިންމު ގިނަ މަސައްކަތްތައް ކުރާ ސިކުނޑީގެ ބައެވެ.

ޑޮކްޓަރުން ބުނީ، އަންހެން މީހާ ފަރުވާއަށް އައިއިރު ތަފާތު ސިއްހީ މައްސަލަތައް ދިމާވާކަން ފާހަގަ ވެފައި ވާ ކަމަށާއި ބަނޑުގައި ރިއްސުމާއި، ކެއްސުމާއި، ރޭގަނޑުގައި ނުދިނި ދާހިއްލުމާއި ޑިޕްރެޝަނަށް ދިޔުމުގެ އިތުރުން ހަނދާން ނެތުން ހިމެނޭ ކަމަށެވެ.

ޑޮކްޓަރުން ގަބުލު ކުރާ ގޮތުގައި، އެ ފަނި އަންހެން މީހާގެ ސިކުނޑީގައި އޮންނަތާ 2 މަހެއްހާ ދުވަސް ވެދާނެއެވެ.

ރިސާޗް ކުރާ ފަރާތްތަކުން ތުހުމަތު ކުރަނީ، މިބާވަތުގެ ވައިރަސް ނުވަތަ ބަލި އިންސާނުންނަށް ފޯރުމުގައި ޖަނަވާރުގެ ދައުރެއް އޮންނަ ކަމަށާއި އިންސާނުންނާއި ޖަނަވާރުންނާ އޮންނަ ގާތް ގުޅުމުގެ ތެރެއިން އެތަކެތީގައި އަތްލައި ކުޅެ ގެންގުޅެހެދުމުގެ ތެރޭގައި އަރާ ވައިރަހެއް ކަމަށެވެ.

އޮސްޓްރޭލިއާގެ ކެންބަރާ ހޮސްޕިޓަލުގައި އެމީހާގެ އޮޕަރޭޝަން ކުރަމުން ދިޔައިރު، ޑޮކްޓަރުންނަށް ސިކުނޑީގެ ތެރެއިން ފެނުނީ، އިސްފިރޭންޏެއްހެން އޮޅިފައި އޮތް ރަތް ކުލައިގެ އެއްޗެކެވެ. ނަމަވެސް ހައިރާންކަން ގެނުނީ އޭތި ތެޅެން ފެށުމުން ކަމަށާއި އެއާއެކު ފަރުވާތެރިކަމާ އެކު ނެގި އިރު އެއީ ދިރިދިރި އޮތް ފަންޏެއް ކަމަށް އިންފެކްޝަސް ޑިޒީޒް ކޮންޓްރޯލް ޑޮކްޓަރު ސަންޖަޔާ ސެނަނަޔެކެ ބުނެފައި ވެއެވެ.

"މިއީ މިހާތަނަށް އިންސާނެއްގެ ސިކުނޑިން ނެގުނު ކަމަށް ރެކޯޑް ކުރެވިފައި ނުވާ ޒާތުގެ ކަމެއް، ފަންޏެއް، ދިރިދިރި އޮތް"
ސަންޖަޔާ ސެނަނަޔެކެ

ސައިންސްވެރިން ގަބޫލު ކުރަނީ، އެ ފަނި އެ މީހާގެ ގަޔަށް ނުވަތަ ސިކުނޑިއާ ހަމައަށް ވާސިލުވީ، އޭނާ ދިރިއުޅުނު ކޯރުގެ އައްސޭރިފަށުގައި ހެދިފައި ހުރި ފެހި ވިނަތަކެއް ނެގުމުގެ ތެރޭގައެވެ. އެފަދަ ވިނަތަކުގެ ތެރެއިން އާންމުކޮށް ފެންނަ ވިނަ ނޫން ކާޕެޓް ޕައިތަން [ހަރުފަ] ގައި 'އޮފިޑަސްކަރިސް ރޮބަޓްސީ' ނަމަކަސް ކިޔާ މިޒާތުގެ ފަނި ދިރިއުޅޭކަމަށް ވެސް ބުނެފައި ވެއެވެ.

އެއާއެކު އެ ފަދަ ހަރުފައެއް ދުވެފައި އޮތް ނުވަތަ ވަދެ، ބިސް އަޅާ ނުވަތަ ތަޣައްޔަރުވެފައި އޮތް ވިނަގަނޑަކުން ވިނަ ނޮޅައިގެން އޭގެ ސަޓަނި ހަދައިގެން އަންހެން މީހާ ކެއުމުގެ ސަބަބުން އެ ވައިރަސް ހަށިގަނޑުގެ ތެރެއަށް ވަނީ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.