މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ދޭ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފިއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސް ހަމަހަމަ އުސޫލެއްގެ ދަށުން ދިނުމަށްޓަކައި، ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް، އަސާސީ މުސާރައިގެ 35 ޕަސެންޓަށް އިތުރު ކުރެވިފައިވާ ކަމަށެވެ.
މި މަހުން ފެށިގެން ބޮޑުވި ޖުޑީޝަލް އެލަވަންސް މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ. މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު މި ބަދަލަކީ، 2015 ވަނަ އަހަރަށްފަހު މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނުވުނު ފުރަތަމަ ބަދަލެވެ.
ޑީޖޭއޭއިން އިތުރަށް ބުނީ މި ބަދަލު ގެނައުމުގެ ކުރިން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓު ލިބެމުން ދިޔައީ 187 މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން 11 މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ. އަދި މި ބަދަލާއެކު ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސްގެ ގޮތުގައި 35 ޕަސެންޓު ހަމަޖެހި 800 މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
ބޮޑުވީ ބައެއްކޯޓްތަކުގެ މުވައްޒަފުންނަށް %15 . މިހާރުވެސް ބައެއްކޯޓްތަކުގެ މުވައްޒަފުންނަށް މިހާރުވެސް %35 ލިބޭ. ގިނަ ކޯޓްތަކުގެ މުވަެްޒަފުންނަށް ލިބެނީ %20 . މާލޭކޯޓްތަކުގެ މުވައްޒަފުންނަށް %45 އާއި %50 ލިބޭ ޖުޑީޝަލް އެލަވަންސްގެ ގޮތުގައި. ކޮބައިތޯ އިންސާފަކީ. އެވެސް މިވެސް ޖުޑިޝަރީ މުވައްޒަފުން. ރާއްޖެތެރޭގެ ގިނަ ކޯޓްތަކުގައި މިތިބެނީ އެންމެ ދެ އިދާރީ މުވައްޒަފުން. މިއީވެސް ހަމަ އިންސާފުތޯ؟