އެލައިޑް އިންޝުއަރެންސުން އިންތިޒާމު ކޮށްގެން ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ "އެލައިޑް ފެސްޓް" އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

މި ފެސްޓިވަލް ބާއްވަނީ ހޮނިހިރު ދުވަހު ހަވީރު 04:00 އިން އިރުއޮއްސި 06:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އެލައިޑުން ބުނީ، މިފެސްޓިވަލުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި އި ފިޝިން، ބީން ބޭގް ޓޮސް، ސްނޭކް އެންޑް ލެޑާ، ޓުވިސްޓާ، އަދި ކުރެހުމާއި ކުލަޖެއްސުމަށް ޝައުގުވެރިވާ ކުދިންނަށް އާރްޓް ކޯނާ އެއް ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މި ފެސްޓިވަލުގައި ބެލެނިވެރިންނަށް އަމާޒުކޮށްގެން ދިރިއުޅުމާއި އާއިލާއާ ބެހޭ މައުލޫމާތު ސެޝަންތަކެއް ވެސް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެލައިޑުން ބުނެއެވެ.

މި ފެސްޓިވަލުގެ ތެރެއިން ހާއްސަ ލަކީޑްރޯއެއް ކުރިއަށްދާނެއިރު އެ ލަކީޑްރާއިން ގުރުއަތުން ނެގޭ ތިން ކުއްޖަކަށް ހާއްސަ ހަދިޔާއެއް ދޭން ނިންމާފައިވާ ކަމަށް އެލައިޑުން ބުނެއެވެ.

މިއީ އެލައިޑުން "އެލައިޑް ފެސްޓް" ބާއްވާ ދެވަނަ އަހަރެވެ. އެލައިޑުން ބުނީ، މީގެ ކުރީ އަހަރު ބޭއްވި "އެލައިޑް ފެސްޓް" އަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަމަށެވެ.