އުމުރުން 55 އަހަރުވުމުން ރިޓަޔާ ކުރާ ނަމަ، ހާއްސަ އެލަވަންސެއް ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ގދ. ތިނަދުއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ، އުމުރުން 55 އަހަރުވުމުން އަމިއްލަ އަށް ރިޓަޔާ ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ޕެންޝަން ލިބެނީ 65 އަހަރު ވުމުން ކަމަށާއި އެއީ، އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައި ނުގަންނަވާތީ 55 އަހަރުވުމުން ރިޓަޔާ ކުރާ މީހުންނަށް ވެސް ގޮތެއް އޮންނަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ޑޮލަރު ނެގޭ ލިމިޓެއް ބޭންކްތަކުން ކަނޑައަޅާފައި އޮތުމަކީ ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން ޝަކުވާ ލިބޭ މައްސަލައެއް ކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވޭނީ ރައްޔިތުން އޭނާ އިންތިހާބު ކޮށްދެއްވައިފިނަމަ ކަމަށެވެ.
މުއިއްޒުގެ ވެރިކަމެއްގައި ޑޮލަރު ލިމިޓް އުވާލާނެ ކަމަށާއި ރާއްޖޭގެ އިގްތިސާދުގައި ޑޮލަރު ދައުރުވާ އަދަދު އިތުރުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޑޮލަރުގެ ރޭޓު ދަށްކޮށް، ފޮރިން އެކްސްޗޭންޖު ހަރުދަނާ ކޮށްދެއްވާނެ ކަމަށްް މުއިއްޒު ވިދާޅުވިއެވެ.
30 އަހަރުގެ ވެރިކަމުގެ ދުވަސް ވަރު 20 އަހަރު ސަރުކާރަށް ޙިދުމަށް ކުރެއްވި މުވައްޒަފުން ނަށް ލިބެމުން އަންނަ ޕެންސަން މީ މިހާރަށް ބަލާއިރު ވަރަށް ކުޑަ އެއްޗެކެވެ. ތަކެތީގެ އަގު ދަނީ ބޮޑުވަމުން ނެވެ. ނަމަވެސް މި ޕެންސަން އަކަށް ބަދަލެއް ނާދެ އެވެ. 65 އަހަރު ވީމާ އެލިބޭ ޕެންސަން ލިބެނީ މި ވެސް ކަނޑާ ބާކީ ލިބޭ އެއްޗެކެވެ. މީ ތަފާތު ދެ ޕެންސަން އެކެވެ. ޙިދުމަތުގެ ޕެންސަން އަށް އެއިރެއްގެ މުސާރައަށް އަންނަ ބަދަލު ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަމެވެ.