އިން ފަހަނައަޅާ ވަޑައިނުގެން، ހުދޫދުގެ ތެރޭގައި ހުންނެވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
ޝަހީމް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއާ ބެހޭ ގޮތުން މާރިޔާ މަލާމާތުގެ ރާގަކަށް ދެއްކެވި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި މާރިޔާ، އިން ފަހަނަ އަޅައި ވަޑައިގަންނަވާކަން ފާހަކުރައްވާ ޝަހީމް ވަނީ އިން ފަހަނަ އަޅައި ވަޑައިނުގެން ހުދޫދުގެ ތެރޭގައި ހުންނެވުމަށް ގޮވާލައްވާފައެވެ.
މާރިޔާ ގުޅުންހުރި ފަރާތްތަކުގެ ލިސްޓު ވިދާޅުވެ ގައުމުގެ ޑިފެންސް މިނިސްޓަރުގެ ކަރާމާތަށް އަރައިގަންނަން ބޭނުން ނުވާކަމަށާއި އެއީ މާރިޔާ ކޮންމެ ޕާޓީއެއްގައި ހުންނެވި ކަމުގައި ވިޔަސް ކަމަށް ޝަހީމް ވިދާޅުވިއެވެ. މާރިޔާގެ އެއްވެސް ވާހަކައަކަށް ރައްދު ދެއްވުމަކީ ބޭނުންވެ ވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އިމުން ބޭރުވަމުންދާތީ މާރިޔާއަށް އެޑްރެސް ކުރެއްވީ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އަދި ކެމްޕެއިންގެ ވާހަކަ ދެއްކެވުމަށް ވެސް ޝަހީމް ވަނީ މާރިޔާއަށް ނަސޭހަތްތެރި ވެވަަޑައިގެންފައެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ސާޖިދާއަކީ އެ ގޮތަށް މަލާމާތް ރައްދު ކުރެވެން ޖެހޭނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެއީ ހުލްގު ހެޔޮ، ޒިންމާދާރު، މީހުންނާ ގުޅޭ އަދި ހައްދުފަހަނަ އަޅައިފައިވާ ދީނީ ޖަމިއްޔާއަކާ ގުޅުން ހުރި ބޭފުޅެއް ނޫން ކަމަށެވެ.
މުއިއްޒުއާއި ސަލަފާ ގުޅުމެއް އޮންނަކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް މުއިއްޒު ވިދާޅުވިކަން ފާހަގަ ކުރައްވާ، މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މާރިޔާ ވިދާޅުވެފައި ވަނީ ސަލަފްގެ ރައީސް އަބްދުﷲ ބިން މުހައްމަދު އަކީ "މުއިއްޒުގެ ސަޕްރައިޒް ވައިފް" ސާޖިދާގެ އެއްބަނޑުއެއްބަފާ ފަރާތެއް ކަމަށެވެ. އަދި ސަލަފްގެ އަބްދުއްލަތީފްއަކީ ސާޖިދާގެ ބޮޑުބޭބެ ކަމަށެވެ. އެހެންކަމުން އަސާސެއް ނެތް ވާހަކަ ދައްކަވަނީ މާރިޔާތޯ ނުވަތަ ސާޖިދާއަކީ މުއިއްޒުގެ އަސާސްތަކުގެ ބައެއްކަން ގަބޫލު ނުކުރަނީތޯ ސުވާލު އުފެދޭ ކަމަށެވެ.