ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރުގައި މިއަދު ފުވައްމުލައް ސިޓިއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އަންނަ މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު މިރޭ ފުވައްމުލައް ސިޓީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މުއިއްޒުގެ ކެމްޕެއިން ދަތުރުގައި ފުވައްމުލައް ސިޓީގައި ކެމްޕެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން މި މަހުގެ 27 އަދި 28 ދުވަހު ގދ. އަދި ގއ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން މާދަމާ ގދ. ތިނަދޫއަށް ކުރައްވާ ދަތުރުގައި އެ ރަށުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައި ވާއިރު މި މަހުގެ 28 ވަނަ ދުވަހު ގއ. ވިލިނގިލީގައިވެސް ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިހާބުގެ ފޯރިގަދަވެފައިވާ މި ދުވަސްވަރު ޑރ. މުއިއްޒު ވިދާޅުވީ ކެމްޕެއިން ކުރުމަށް މިހާރު އެހާ ވަގުތު ނެތުމުން ރާއްޖޭގެ ހުރިހާ ރަށަކަށް ވަަޑައިނުގެންނެވުނަސް، ކެމްޕެއިން ކުރަން އޮތް މުއްދަތުގައި ވަަޑައިގެންނެވޭ ރަށްތަކުގައި ވެވަަޑައިގަންނަވާ ވައުދުތަކަކީ މުޅި ރާއްޖެ އަށް ވެސް ވެވަަޑައިގަންނަވާ ވައުދުތަކެއް ކަމަށެވެ.