ޕާކިން ޖޫރިމަނާ ކޮށްފައިވާ ހުރިހާ ރައްޔިތުންގެ ކިބައިން އެ ޖޫރިމަނާ މާފު ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާލުވެ ދެއްކެވި ވާހަކަތަކަށް ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ރައްދު ދެއްވައިފިއެވެ.
ށ. ފުނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން މާލޭގައި ޕާކު ކުރާނެ ޖާގައެއް ނުވަތަ އިމާރާތެއް ހެދުމަށް ހުއްދަ ނުތީ އޮތް ކަމަށާއި ޕާކް ކުރުމުގެ މައްސަލައަކީ ހައްލު ހޯދޭނެ މައްސަލައެއް ނަމަވެސް އެކަމަށް ހައްލު ހޯދާ ނުދީ ޖޫރިނަމާ ކުރަމުން ދާ ކަމަށެވެ.
މި ސަރުކާރަށް އެންމެ ގިނައިން އާމްދަނީ ލިބޭ އެއް ކަމަކީ ޖޫރިމަނާ ފައިސާކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ޕާކު ކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ބުނެ ޕާކިން ސްޓިކާ ޖަހައިގެން ކޮށްފައިވާ ޖޫރިމަނާ ތަކަކީ އިންސާފުވެރި ކަމެއް ނޫން ކަމަށާއި އެހެންކަމުން ޕާކިން ޖޫރިމަނާ އެއްކޮށް މާފު ކޮށްދެއްވާނެ ކަމަށެވެ.
މިއަދު ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަތަކަށް ރައްދު ދެއްވަވަމުން މާރިޔާ ވިދާޅުވީ މުއިއްޒު، މާލޭ މޭޔަރު ކަމުގައި ހުންނަވާ ޕާކިން ސްޕޮޓްތައް ވިއްކާލުމަށް ފަހު އަމިއްލަ ތަނެއްގެ ގޮތުގައި ޕޭމަންޓުގައި ގޮޅި ޖަހާފައިވާ ކަމަށެވެ. އަދި ޕާކު ކުރާނެ ތަނެއް ނުދައްކާ، މާލެ ތޮއްޖައްސާ ޖޫރިމަނާ ކުރުވުމަށް ފަހު ކެމްޕެއިނު ޖަލްސާތަކުގައި އެ ޖޫރިމަނާތައް މާފު ކުރައްވާނެ ކަމަށް ވިދާޅުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.
ހަމައެކަނި މިކަމުންވެސް މުއިއްޒުގެ ރޭވުންތެރި ކަމެއް ނެތްކަން ފާހަގަ ކުރައްވާ މާރިޔާ ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައިއިރު މުޅި މާލެ ތޮއްޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނައީ މިސަރުކާރުން ކަމަށެވެ. އަދި އެކަމާ މެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށްވެސް މާރިޔާ ވިދާޅުވެފައި ވެއެވެ.
އެމްޑީޕީގެ ޕްރެސްތަކުގައި ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒުގެ ވާހަކަ މާރިޔާ އަބަދު ދައްކަވާ ކަމަށް ބުނެ އެކި ފަރާތްތަކުން ވަނީ މީގެ ކުރިން ވެސް ފާޑު ކިޔާފައެވެ. އެގޮތުން މުއިއްޒުގެ ތަރުޖަމާނު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވެސް އެކަމާ ގުޅިގެން މާރިޔާ އަށް ފާދުވިދާޅުވެފައި ވާ އިރު މާރިޔާ އަބަދު ޕްރެސް ކޮންފަރެންސްތަކުގައި މުއިއްޒުގެ ވާހަކަ ދައްކަވަނީ އޭނާއަށް ކެމްޕެއިން ކޮށްދެއްވުމަށް ކަމަށް ތޮލާލް ވިދާޅުވިއެވެ.
މާރިޔާ ގާނޫނު އަސާސީއަށް ކޮޅުފައިންއަރާފަ ޑިފެސްމިނިސްޓަރަކަން ހުންނަށް ވަރަންހަޑި ދެންޗީޗީ އެއްޗެއް ހިތަށް ނުވެސްއަރާތަ ލަދުވެސްގަނޭ މިކޮމެންޓު ނޭނގެ ލާދޭނެކަމެންވެސް ކޮމެންޓެއް ކުރިޔަސް ލާނުދޭ. ވަރަށް އެކަމު ކޮމެންޓު ކުރަށް އިދޭ
އަޅޭ މާރިޔާ މިއުޅެނީ މުއިއްޒުއާ ހިތާވެގެންތަ؟ މިހާރު މުއިއްޒު ނަންކިއައިގެންނޫނީހިތަށްވެސް ހަމަޖެހުން ލިބޭހެނެއް ހިއެއްނުވޭ، މީނަގެ ނަން އަނގަމާރިޔާއަށް ބަދަލުކުރަންވެއްޖެ.