ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޕްރޮޖެކްޓު މެދުވެރިކޮށް ރާއްޖެއަށް ހަލުވި އިންޓަނެޓް ފޯރުކޮށްދިނުމަށް ދިނުމަށް "ސްޓާލިންކް" އަށް މިއަދު ލައިސަންސް ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.
ސްޓާލިންކްއަށް ރާއްޖެއިން އައިއެސްޕީ ލައިސަންސް ދިނުމަށް މިއަދު ހަވީރު ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވަނީ ނިންމައިފައެވެ.
ސްޓާލިންކް މަޝްރޫއުގެ ދަށުން ރާއްޖެއަށް އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ސްޕޭސް އެކްސް ކުންފުންޏާއި މަޝްވަރާ ކުރީ މިދިޔަ އަހަރުއެވެ.
ސްޕޭސް އެކްސް ކުންފުންޏަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ބިލިއަނަރު ކަމަށްވާ އީލޮން މަސްކްގެ ކުންފުންޏެކެވެ. ސްޕޭކްސްއެކްސް ކުންފުނިން ތަރައްގީކުރާ ސްޓާލިންކް ހިދުމަތަކީ ޖައްވަށް ބައިވަރު ކުދި ސެޓެލައިޓްތަކެއް ފޮނުވައިގެން މުޅި ދުނިޔެއަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިގެން އުޅޭ ޕްރޮޖެކްޓެކެވެ.
ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް ދިނުމަށް ބޭނުންވާ ސްޓާލިންކް ސެޓްލައިޓްތައް އޯބިޓަށް ފޮނުވާފައިވާއިރު މިހާރުވެސް 60 އަށްވުރެ ގިނަ ގައުމަށް އެ ހިދުމަތް ދަނީ ދެމުންނެވެ. މި ހިދުމަތް ލޯންޗްކުރީ 2019 ވަނަ އަހަރުއެވެ.