ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތި އޮތް ދުވަސްވަރު ޑިމޮކްރެސީ އާއި ހައްގުތަކަށް ވަކާލާތު ކުރި އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ) ރޭ ދަންވަރު ނިޔާވެއްޖެއެވެ.

ބަލިވެ އުޅޭތާ ދުވަސްކޮޅެއް ފަހުން އޭނާ ނިޔާވި އިރު އުމުރަކީ 72 އަހަރެވެ.

އަހައްމައިދީއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބިރު ކަނޑާލައި މިނިވަން ނޫސްވެރިކަމެއް އުފަން ކުރުމަށް ނެރުނު އިންޓަނެޓް މަޖައްލާ 'ސަންދާން' ގެ އެއް ބާނީއެވެ.

އެ މަޖައްލާ ނެރެން ފެށުމުން ދިވެހި ދައުލަތާ ދެކޮޅަށް މަސައްކަތް ކުރުމުގެ ކުށުގައި 2002 ގައި އޭނާ އުމުރަށް ޖަލަށް ވެސް ލިއެވެ. އޭރު އެއީ 15 އަހަރެވެ. ނަމަވެސް ފެބްރުއަރީ 2006 ގައި މައުމޫން ވަނީ އޭނާއަށް މާފު ދެއްވައި މިނިވަން ކުރައްވާފައެވެ.

އަހައްމައިދީއާ އެކު، ސަންދާން ނެރުނު މައްސަލާގައި އެހެން ތިން މީހަކު ވެސް އޭރު ޖަލަށް ލިއެވެ. އެއީ މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އާއި އިބްރާހިމް ލުތުފީ (ސަންދާނު ލުތުފީ) ގެ އިތުރުން ފާތުމަތު ނިސްރީން ކިޔާ އަންހެނެކެވެ.

ޖަލުގެ ހަޔާތަށް ފަހު އަހައްމައިދީ ވަނީ އިންސާނީ ހައްގުތައް ހޯދައި ދިނުމަށް މުޒާހަރާތަކާއި އެއްވުންތަކާއި އެކިއެކި އެހެން ފޯރަމްތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އަދި މިފަހުން ސަންދާން ނެރެން ފަށާފައި ވަާއިރު އޭނާ ފާހަގަ ވެގެން ގޮސްފައި ވަނީ ޑިކޮމްރަސީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރި ފަރަާތެއްގެ ގޮތުގައެވެ.

އަހައްމަދީގެ ޖަނާޒާ އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައެވެ.