ހުޅުމާލޭގައި 16 ރެސިޑެންޝަލް އިމާރާތް ކުރަން ނިންމާ، އެ މަސައްކަތް ކުރުމަށް ކުންފުނިތަކަކާ ހަވާލުކޮށްފިއެވެ.

އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއި ކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ހަމައެކަނި މީހުން ދިރިއުޅޭ ގޮތަށް ހަދާ 10 ރެސިޑެންޝަލް އިމާރާތުގެ އިތުރުން ހުޅުމާލެ ފޭސް 1 ގައި ހަދާ 6 މިކްސްޑް ރެސިޑެންޝަލް އިމާރާތުގެ މަސައްކަތެވެ.

މި އިމާރާތްތައް ހެދުމަށް ޖުމްލަ 15 ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން ހަމައެކަނި މީހުން ދިރިއުޅޭ ގޮތަށް ހަދާ އިމާރާތްތައް ހެދުމަށް ހަވާލުކޮށްފައިވަނީ:

  • އަލާފް ޕްރައިވެޓް ލިމިޓެޑް
  • އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް
  • ބިގްހަޓް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް
  • ބިލްޓް ސްޕޭސަސް ޕްރައިވެޓް ލިމިޓެޑް
  • އީޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް
  • ގްލޯރިއަސް ރެސިޑެންސް ޕްރައިވެޓް ލިމިޓެޑް
  • އައިވްސް ޕްރައިވެޓް ލިމިޓެޑް
  • ވެލިގާ ހާޑްވެއާ ޕްރައިވެޓް ލިމިޓެޑް
  • ބްލޫ ސްޕޭން ޕްރައިވެޓް ލިމިޓެޑް
  • ބިލްޑްއަޕް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއެވެ.

އަދި މިކްސްޑް ރެސިޑެންޝަލް އިމާރާތްތައް ހެދުމަށް ހަވާލުކޮށްފައި ވަނީ:

  • އެފް ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ކަނޑޫފާ ޕްރައިވެޓް ލިމިޓެޑް
  • ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ދެ އިމާރާތް
  • ރެނާޓަސް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑް
  • ސިންގުހާލް އާއެވެ.

އިމާރާތްތައް ހެދުމަށް ކުންފުނިތަކާ ބިން ހަވާލުކޮށްފައި ވަނީ ހުޅުމާލޭގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް ލިވިންގް އެކްސްޕޯ" ގެ ތެރެއިންނެވެ. މި އިމާރާތްތަކުގައި 1،800 އަށް ވުރެ ގިނަ ހައުސިން ޔުނިޓްތައް އެކުލެވޭއިރު މި އިމާރާތްތަކުގެ 60 ޕަސެންޓް ހާއްސަކުރާނީ މިޑް ރޭންޖު މާކެޓަށެވެ.