މި އަހަރުގެ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިންތިޒާމް ކޮށްގެން ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ޑިމޮކްރަސީ ދުވަހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ މަޒުމޫނު ލިޔުމުގެ މުބާރާތަކަށް ވެސް ހުޅުވާލާފައެވެ. މި ދެ މުބާރާތަކީ ވެސް 4 އުމުރު ފުރައަކަށް ބަހާލައިގެން ބާއްވާ މުބާރާތްތަކެކެވެ. އަދި މުބާރާތުގައި ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މަސައްކަތްތަކާ މެދު ހޭލުންތެރި ކަން އިތުރު ކުރުމާއި ޑިމޮކްރަސީގެ އުސޫލުތަކާ ހަމަތަކަށް ހޭލުންތެރި ކަން އިތުރުކުރުން ކަމަށެވެ. 3 އުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރި ކުރާ ކުރެހުންތައް މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވަން ވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
ކުރެހުމުގެ މުބާރާތުގެ ބައިވެވޭ އުމުރުފުރާތައް:
- 14 އަހަރާއި 18 އަހަރާ ދެމެދު (31 އޮގަސްޓު 2023 އަށް 14 އަހަރު ފުރ،ި 18 އަހަރު ނުފުރޭ)
- 18 އަހަރާއި 35 އަހަރާ ދެމެދު (31 އޮގަސްޓު 2023 އަށް 18 އަހަރު ފުރ،ި 35 އަހަރު ނުފުރޭ)
- 35 އަހަރުން މަތި (31 އޮގަސްޓު 2023 އަށް 35 އަހަރު ފުރިފައި)
ކުރެހުންތައް ހުންނަން ޖެހޭނެ ގޮތް:
- މުބާރާތަށް ހުށަހެޅޭ ކުރެހުމެއްގައި، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި، މުޖްތަމައުގެ އާންމު އަހްލާގީ މިންގަނޑުތަކާ ތައާރުޒުވާ މަންޒަރެއް ނުވަތަ މެސެޖެއް ހިމެނިގެން ނުވާނެއެވެ.
- ކުރެހުމުގެ ނުފުށުގައި ކުރެހުން ހުށަހަޅާ ފަރާތުގެ ނަމާއި ދާއިމީ އެޑްރެސް، އައިޑީކާޑު ނަންބަރު، އުފަން ތާރީހް އަދި އެޑްރެސް ޖަހަން ވާނެއެވެ.
- ހުށަހަޅާ ކުރެހުމަކީ މީގެ ކުރިން އެހެން މުބާރާތަކަށް ހުށަހަޅާފައިވާ ކުރެހުމަކަށް ވެގެންނުވާނެއެވެ.
- ކުރެހުމުގައި ކުރެހުން ކުރަހާ ފަރާތުގެ ތީމް، ޝިއާރު ނުވަތަ މައުލޫއު ހިމަނަންވާނެއެވެ.
- ހުށަހަޅާ ކޮންމެ ކުރެހުމަކާއެކު ކުރެހުމުން ދައްކުވައިދޭ މެސެޖް ނުވަތަ ކުރެހުމުގެ ކުރު ތައާރުފެއް ހުށަހަޅަންވާނެއެވެ. (ތައާރުފު ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން) 2 ފޮޅުވަތާއި 5 ފޮޅުވަތާ ދެމެދުގެ ދިގުމިނެއްގައި ހުށަހެޅިދާނެއެވެ.
- ހުރިހާ ކުރެހުމެއްވެސް ހުންނަންވާނީ އަތުން ކުރަހާފައެވ.ެ ޑިޖިޓަލްކޮށް ފޮނުވާ ކުރެހުންތައް ބަލައެއް ނުގަނެވޭނެއެވެ.
- ހުށަހަޅާ ކުރެހުމަކީ މީގެ ކުރިން އެހެން މުބާރާތަކަށް ހުށަހަޅާފައިވާ ކުރެހުމަކަށް ވެގެންނުވާނެއެވެ.
- މުބާރާތަށް ފޮނުވާ ކުރެހުމަކީ އެ ކުރެހުން ކުރެހި ފަރާތެއްގެ އަމިއްލަ އުފެއްދުމަކަށް ވާންވާނެއެވެ. ކުރެހުމުގައި ބޭނުން ބާވަތެއްގެ ޑްރޯވިން މީޑިއާއެއް ބޭނުން ކުރެވިދާނެއެވެ.
- ކުރެހުންތައް ހުންނަންވާނީ އޭ3 ސައިޒުގައެވެ. ކުރެހުމުގެ ވަށައިގެން ހަތަރު ފަރާތުންވެސް 1 ސެންޓިމީޓަރު ހަވާސާއެއް ހުންނަން ވާނެއެވެ. ނަމަވެސް ހަވާސާ ރޮނގު ދަމައިގެން ނުވާނެއެވެ
- އެއްވެސް ލިޔުންކޮޅެއް ކުރެހުމުގައި ލިޔާނަމަ އެ ހުންނަން ވާނީ ދިވެހި ނުވަތަ އިނގިރޭސި ބަހުން އަތުލިޔުމުންނެވެ.
މި މުބާރާތަށް ހުށަހެޅޭ ކުރެހުންތަކުގެ ތެރެއިން ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި ހަނދާނީ ފިލާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުން ބުނެއެވެ. އެގޮތުން ކޮންމެ އުމުރު ފުރާއަކޫން އެއް ވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން ވެސް އެއްވަން ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
އުމުރުފުރާތަކުން އެއް ވަނަ ލިބޭ ފަރާތަކަށް 3000 ރފުިޔާ ދޭއިރު، ދެވަނަ އަށް 2000 ރުފިޔާ އަދި ތިންވަނަ އަށް 1500 ރުފިޔާ ދޭނެ ކަމަށް މަޖިލީހުން ބުނެއެވެ. މުޅި މުބާރާތުން އެއްވަނއަށް ހޮވޭ ފަރާތަކަށް 7000 ރފުިޔާ ދޭން ހަމަޖެހިފައިވާ އިރު ދެވަނަ އަށް 5500 ރުފިޔާ އަދި ތިންވަނައަށް 4000 ރުފިޔާ ދޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.