އިންޑިއާގެ ޕަޓްނާއިން އާއިލާގެ މީހަކަށް 70،000 ރުޕީސް ދީ ގަނެ، އިނދެގެން ދިއްލީއަށް ދިޔަ މީހަކު ދުވަސްކޮޅެއް ވުމަށް ފަހު އަނބިމީހާ މަރާ އެއްލާލައިފިއެވެ.

ދިއްލީގެ ދެކުނުގެ ފަތަހްޕޫރު ބޫރީގެ ޖަންގަލީގެ ތެރެއަށް އަންހެން މީހާ އެއްލާލައިފައި އޮއްވާ ފެނުނު ބަޔަކު ފުލުހުންނަށް ރިޕޯޓު ކުރުމުން ހިންގި ތަހުހީގުން އެނގުނީ، އަންހެން މީހާ މަރާލުމުގައި އޭނާގެ ފިރިމީހާގެ އިތުރުން ދެމީހަކު ބައިވެރިވާ ކަމަށެވެ.

އެގޮތުން އަންހެން މީހާ ގޮވައިގެން ރެއިލްވޭ ސްޓޭޝަނަކަށް ދަނީ ކަމަށް ބުނެ ކުރޮޅިއެއްގައި ހަރުރާނާގެ ޖީލް ކާޑު ބޯޑަރަށް ގެންދިޔަ ކަމަށާއި، އެތަނުގައި އަންހެން މީހާގެ ކަރުގައި ހިފާ ނޭވާ ހާސްކޮށްލުމަށް ފަހު މަރާލައި ޖެހިގެން އޮތް ޖަންގަލީގެ ތެރެއަށް އެއްލާލީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެކަން ކުރަން ޖެހުނު ސަބަބުން ސާފުވެފައި ނުވާ އިރު، ފުލުހުން ބުނީ، އެ ޖަރީމާ ހިންގި މީހުން އަތުލައިގަތީ، އަންހެން މީހާ އެއްލާލައިފައި އޮތް ތަނާ ދިމާ މަގުމަތީގައި ހުރި ކުރޮޅު މާކު [ކުރޮޓި ދުއްވާފައި ހުރި ރޮނގު] ބަލައިގެން ގޮސް ވެހިކަލް ހޯދާ އޭގެ ވެރިމީހާ ހައްޔަރު ކޮށްގެން ކަމަށެވެ. އެއީ އަރުން ނަމަކަށް ކިޔާ މީހެއް ކަމަށާއި، މަރުވެފައި އޮތީ އުމުރުން 30 އަހަރުގެ އޭނާގެ ޅިއަނުގެ އަންހެނުން ސްވީޓީ ކަމަށް އޭނާ އާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އޭނާގެ ޅިއަނު ދަރަންވީރު ސްވީޓު ގަތީ، އޭނާގެ ކޮންމެވެސް ތިމާގެ މީހަކަށް 70،000 ރުޕީސް ދީފައި ކަމަށާއި ސްވީޓީ މަރާލީ، ދަރަމްވީރާއި އޭނާގެ ތިމާގެ މީހެއް ކަމަށްވާ ސަތްޔަވަން ވެގެން ކަމަށް ވެސް އަރުން ވަނީ ބުނެފައެވެ.

އޭނާ ބުނީ ޅިއަނު އަންހެނުން ދެކެ ރުޅި އައީ ދާތަނެއް ނުބުނެ ގެއިން ނުކުމެގެން ގޮސް އެތައް މަހެއްވާންދެން ބޭރުގައި އުޅޭތީ ކަމަށެވެ. މި ދަރަންވީރަކީ ޕޯލިއޯވެސް ޖެހިފައި ހުންނަ މީހެކެވެ. ސްވީޓީގެ އާއިލާއެއް އަދި މައިންބަފައިންނަކީ ކޮބައިކަމެއްވެސް ދަރަންވީރަކަށް ނޭނގެއެވެ. އަރުން ބުނާގޮތުން، ސްވީޓީއަށް ވެސް ދަރަންވީރުގެ ހަގީގަތެއް ނޭނގޭނެއެވެ.

އިންޑިއާ ކޮންމެ 1 ލައްކަ މީހަކުން 445 މީހަކަށް އެކި ބާވަތުގެ ހާނީއްކަ އާއި އަނިޔާ އާ ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި އާއިލީ ހަމަނުޖެހުމާއި ގޭންގް މާރާމާރީއާއި މަރަކާއި ހީލަތް ހެދުމާއި ރަހީނު ކުރުމުގާއި، ޖިސްމާނީ އަނިޔާ ދިނުމާއި ރޭޕް ކޮށް މެރުންވެސް ހިމެނެއެވެ.