ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅުގައި ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލައް އަދި ހުވަދޫ އަތޮޅު، އާރްޓީއެލް އިން ގުޅާލުމުގެ މަސައްކަތް މި މަސްތެރޭ ފަށަން ތައްޔާރު ވަމުން އަންނައިރު އެ ސަރަހައްދުތަކުގެ މުވައްސަސާތަކާއި އާއްމުން ހޭލުންތެރި ކުރުމުގެ މަސައްކަތް އެމްޓިސީސީ އިން ވަނީ ފަށާފައެވެ.

އެމްޓިސީސީ އިން ދެކުނުގެ ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތާ ގުޅޭ ގޮތުން ބުނީ، އައްޑޫ ސިޓީއިން ފުވައްމުލައް ސިޓީއަށް ފެރީއިން ގުޅާލާއިރު ފުވައްމުލައް ސިޓީން ހުވަދޫ އަތޮޅަށް ފެރީން ގުޅާލެވިގެން ދާނެ ކަމަށެވެ. އޭރުން އެ ހަތަރު އަތޮޅުގެ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި އެ ސަރަހައްދުގައި ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން އާރްޓީއެލް ހިދުމަށް ދިނުމުގެ މަސައްކަތް އެމްޓީސީސީ އިން ކުރަމުން އަންނައިރު މިހާތަނަށް ހއ. އަތޮޅާ، ހދ. އަތޮޅު އަދި ށ. އަތޮޅުގެ އިތުރުން ޅ. އަތޮޅާއި ހުވަދޫ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތައް ވަނީ ފެރީ ނިޒާމުން ގުޅާލާފައެވެ.