ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ޓިކެޓަށް ވާދަކުރުމަށް އެދޭ ފަރާތްތަކުން މިއަދު މެންދުރުފަހު 2:00ގެ ކުރިން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ޕީއެންސީއިން ބުނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީއިން ކެންޑިޑޭޓެއް ނެރުމަށް މިއަދު ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ އަގްލަބިއްޔަތުން ފާސްކޮށްފައި ވާ ކަމަށެވެ. އެހެންކަމުން އެ ޕާޓީގެ ފަރާތުން ޝައުގުވެރިވާ އެ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މިއަދު މެންދުރުފަހު 2:00ގެ ކުރިން ޕާޓީގެ ރައީސްއަށް އެޑްރެސްކޮށް ޝައުގުވެރިކަން ފާޅުކުރާކަން ބަޔާން ކުރާ ލިޔުމެއް ޕާޓީއަށް ފޮނުވުމަށް ޕީއެންސީ އިން ވަނީ ބުނެފައެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޕާޓީގެ ރިޔާސީ ޓިކެޓުގައި ވާދަ ކުރާނެ ފަރާތެއް ކަނޑައަޅާނީ މިއަދު ހަވީރު 4:00 ގައި ބާއްވާ ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަށް އެ ޕާޓީއިން ބުނެއެވެ.

ޕީއެންސީ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައި ވާއިރު މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައި ވަނީ ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު މަޝްވަރާ މަޖިލީހުން ހޮވުމަށެވެ.

ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބުމަށް ވުރެ ގާތީ ނުލިބުމެވެ. އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަން ނުވަތަ ނޫންކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ގޮތަކުންނެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ އާ ގުޅޭގޮތުން، ރައީސް ޔާމީންގެ ފަރާތްޕުޅުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އީސީ އިން ޖަވާބުދާރީވުމަށް، ސުޕްރީމް ކޯޓުން މިއަދު އީސީ އަށް ވަނީ އަންގާފައެވެ. އީސީން ވަނީ މި މައްސަލާގައި ސުޕްރީމް ކޯޓަށް މިއަދު މެނދުރުފަހު 3 ގެ ކުރިން ޖަވާބު ފޯމު މެދުވެރިކޮށް ޖަވާބު ދޭނެ ކަމަށް ބުނެފައެވެ.