އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި، "އޮމާން ފުޑްސްޓަފް"ގެ އުފެއްދުމެއް ކަމަށްވާ އަލްނޫރު ހިކިކިރުގެ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.

އެސްީއޯއިން ބުނީ، އަލްނޫރު ހިކި ކިރުގެ 800 ގުރާމާއި 1800 ގުރާމާއި 2250 ގުރާމުގެ ޕެކެޓު އެސްޓީއޯއިން ވިއްކަމުންދާ ކަމަށެވެ. އަލްނޫރު ހޯލްސޭލް އަދި ރީޓެއިލްއަށް ހާއްސަ ކޮށްގެން ފެށި ޕްރޮމޯޝަން މިއަދުން ފެށިގެން މިއަހަރު ގެ ނިޔަލަށް ކުރިޔަށް ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، ރީޓެއިލް ކަސްޓްމަރުންނަށް އަލްނޫރު ހިކި ކިރު ޕެކެޓަކާ އެކު އަލްނޫރު ލޯގޯޖެހި ކޮލިޓީ ރަނގަޅު ބިއްލޫރިތައްޓެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ހޯލްސޭލް ކަސްޓްމަރުންނަށް 1800 ގުރާމުގެ ތިން ކޭސް ގަތުމުން ސުޕާޝެފް މެޔޮނައިސް ކޭހެއް ލިބޭނެ ކަމަށާއި ހޯލްސޭލް ކަސްޓްމަރުންނަށް 2250 ގުރާމުގެ ތިން ކޭސް ގަތުމުން ނަބަޓީ ރިޗީޒް ކޮރންސްޓިކް ޗީޒް ކޭހެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ހޯލްސޭލް ކަސްޓްމަރުން ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ލިބިގެން ދާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީސޯއިން ބުނީ، މުޅި ޕްރޮމޯޝަން ނިމުމުން ހޯލްސޭލް ކަސްޓްމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިންފަރާތަކަށް 5000 ރުފިޔާގެ މުދާ ލިބިގެން ދާނެ ކަމަށެވެ. މި ޕްރޮމޯސަން އެސްޓިއޯގެ ރީޖަނަލްސް ފިހާރަތަކުގައި ވެސް ކުރިޔަށް ދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އަލް ނޫރު ހިކި ކިރަކީ ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އަދި އެންމެ އަގުހެޔޮ ހިކި ކިރުގެ ތެރޭގައި ހިމެނޭ ބްރޭންޑަކަށް ވާއިރު އެސްޓީއޯގެ ބޭނުމަކީ މިފަދަ ބްރޭންޑްތައް ވީހާވެސް އަގުހެޔޮކޮށް ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ގަންނަން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް އެކުންފުނިން ބުނެއެވެ.