ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް މޯގަން ބީންލޭންޑް ހަމަޖައްސައިފިއެވެ.
ބިޒްނަސް އޮޕަރޭޝަންސް އެންޑް ޗޭންޖް މެނޭޖްމަންޓްގެ ދާއިރާއިން 22 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ މޯގަން ވަނީ ލޮއިޑްސް ބޭންކިން ގްރޫޕް، ޔޫކޭ ގައި ގިނަ މަގާމުތަކެއް އަދާކުރައްވާފައެވެ.
އަދި ހެޑް އޮފް ޓެލެފޯނީ އެންޑް ރިޓެންޝަން، ހެޑް އޮފް ކޯޕަރޭޓް ބޭންކިންގް ގްއާންސޭ އަދި ސީނިއާ ވައިސް ޕްރެޒިޑެންޓް، ފައިނޭންޝަލް އިންސްޓިޓިއުޝަންސް ނޯތު އެމެރިކާގެ އިތުރުން ހެޑް އޮފް މާކެޓްސް އޮޕަރޭޝަންސް ފަދަ މަގާމުތައް އޭނާ ވަނީ އަދާ ކުރައްވާފައެވެ.
އެންމެ ފަހުން މޯގަން މަސައްކަތް ކުރައްވާފައިވަނީ ޔޫކޭގެ ކެޕްކޯގައި މެނޭޖިން ޕްރިންސިޕަލްގެ މަގާމެވެ. މި މަގާމުގައި އޭނާ ވަނީ ޔޫކޭ ބޭންކިން އެންޑް ޕޭމަންޓް ޕްރެކްޓިސްގައި ހިމެނޭ ޓްރާންސްފޮމޭޝަން ޑެލިވަރީ، ކްލައެންޓް ރިލޭޝަންޝިޕް މެނޭޖްމަންޓް، އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ އިސްދައުރެއް އަދާކުރައްވާފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ މޯގަން އަކީ މަސައްކަތްތައް ބަރާބަރަށް ޑެލިވާކުރުމުގެ ވަރަށް ރަނގަޅު ޓްރެކް ރިކޯޑެއް އޮތް ދުނިޔޭގެ ފެންވަރުގެ ތަޖުރިބާ ހޯއްދަވާފައިވާ އެގްޒެކެޓިވް ބޭފުޅެއް ކަމަށާއި އެއީ ބޭންކާއެއް އަދި އޮޕަރޭޝަންސް ޑިރެކްޓަރެއް ކަމަށެވެ.
"މޯގަންގެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންގެ އޮޕަރޭޝަނަލް ޕްރޮސެސްތައް ހަރުދަނާކުރެވި، ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ. މި މަގާމުގައި އޭނާ އަށް ކާމިޔާބަށް އެދެން،" އޭނާ ވިދާޅުވިއެވެ.
މޯގަން އަކީ އިންޓަރނޭޝަނަލް ޓްރެޝަރީ މެނޭޖްމަންޓް އިން އެސޯސިއޭޝަން އޮފް ކޯޕަރޭޓް ޓްރެޝަރާސް ސަރޓިފިކޭޓް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މޯގަން ތައުލީމު ހާސިލް ކުރަައްވާފައި ވަނީ ޔުނިވަރސިޓީ އޮފް ސައުތުހެމްޓަން އިން ބެޗަރލާސް އޮފް ސައިންސް އަދި ނޮޓިންގްހަމް އިންނެވެ. އަދި އޭނާ ވަނީ ބިޒްނަސް ސްކޫލުން މެނޭޖްމަންޓް ސްޓަޑީސް އިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލް ކުރައްވާފަ އެވެ.
ރާއްޖޭގެ މިއޮތް ތަޢޮލީމީޖީލުގައި ތިމަގާމް އަދާކުރެވޭނެ ފަދަ ބޭފުޅުން ހަމަނެތީބާ ނޫނީ އިތުރަށް ރައްޔަތުންގެ އެކައުންޓުގައި ހުރި ފައިސާކޮޅު ފެލާލަން ގެނައި މީހެއްބާ؟