މިނިވަން ދުވަހާ ގުޅިގެން ދިވެހިންގެ އުފެއްދުންތަކުން ހާއްސަ ޑިސްކައުންޓާއެކު މޫލީން މިނިވަން ސޭލް ފަށައިފިއެވެ.

އެގޮތުން ތަކެތި، މާހި މަހީ ބުކްސް، ޕެޕާ ޑޮޓްސް، ކައިޝީ އަދި ލުއިކާނާ ފަދަ ބްރޭންޑްތަކުން މޫލީ މިނިވަން ސޭލުން ހާއްސަ ޑިސްކައުންޓާ އެކު މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދެއެވެ. 10 ޕަސެންޓްގެ ޑިސްކައުންޓާއެކު ކުރިއަށްދާ ހާއްސަ ސޭލް ކުރިއަށް ދަނީ 31 ޖުލައި 2023 ގެ ނިޔަލަށެވެ.

ތަކެތި

“ތަކެތީ” އަކީ ހުރިހާ އުމުރެއްގެ ކުދިންނަށް ހާއްސަކޮށް އިންޓަރެކްޓިވް ތައުލީމީ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދޭ ވިޔަފާރިއެކެވެ. ކުޑަކުދިންގެ ފޮތްތަކުން ފެށިގެން ތައުލީމީ ގޭމުތަކާއެކު ކުޑަކުދިންގެ ވިސްނުން އިތުރަށް މުއްސަނދިކޮށްދޭ ޕްރޮޑަކްޓްތައް ތަކެތިން ވަނީ މާކެޓަށް ނެރެފައެވެ. ތާނާ ކޯޑި، އަލިފް ބާ ޕޯސްޓާ، އަހަރެނާކީ ފެހުރިސޭ ފަދަ އުފެއްދުންތައް މިހާރު މިނިވަން ސޭލް މެދުވެރިކޮށް https://mool.ee/Thakethi ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވާ ކޮށްދެއެވެ.

ތަކެތީގެ އުފެއްދުމެއް

މާހީ މާހީ ބުކްސް - ދިވެހި ތައުލީމީ ފޮތްތައް

މާހީ މާހީ ބުކްސް އަކީ ކުޑަކުދިންނަށް ހާއްސަކޮށް ދިވެހި ތައުލީމީ ފޮތްތަކުގެ ހަޒާނާއެއް ގެނެސްދޭ ވިޔަފާރިއެކެވެ. ރާޅެއް ލިބެއިތޯ، ހުރިހާ އެއްޗެއް ހެއްދެވީ ﷲ ފަދަ މަގުބޫލު ފޮތްތައް މާހީ މާހީ އިން ވަނީ 10 ޕަސެންޓުގެ ޑިސްކައުންޓާއެކު މޫލީ މިނިވަން ސޭލްގައި ހިމަނާފައިވެއެވެ. ސޭލް މެދުވެރިކޮށް މާހި މާހި ބުކްސް ބައްލަވައިގަތުމަށް https://mool.ee/mahimahibooks ޒިޔާރާތް ކުރާށެވެ.

މާހީ މާހީ ބުކްސްގެ އުފެއްދުންތައް

ޕެޕާ ޑޮޓްސް އާއެކު ކަނޑުގެ ރީތިކަން

ޕެޕާ ޑޮޓްސް އަކީ ކަނޑުއަޑީގެ ދިރުންތަކުން އިންސްޕަޔާވެގެން އަތުގައި އަޅައި ކެވެލި، ކީ ޓެގް، ސޮފްޓް ޓޯއީސް، ޕަޒްލް އަދި ފާރުގައި އަޅުވައި ތެކެތި ފަދަ ހިތްގައިމު ކަލެކްޝަނެއް ނެރެފައިވާ ވިޔަފާރިއެކެވެ. ކޮންމެ އުފެއްދުމަކީ ވެސް ތަފާތު އަދި ދިވެހި ވަންތަކަން ދައްކުވައިދާ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މޫލީ މިނިވަން ސޭލްގައި 10 ޕަސެންޓުގެ ޑިސްކައުންޓާއެކު ދީމާކުރާމާ ގޭމް، މޫދު ޕަޒަލް، ކަމަނާ ޕަޒަލް ފަދަ ޕެޕާ ޑޮޓްސް ގެ އުފެއްދުންތައް https://mool.ee/pepperdots މިހާރު ލިބެންހުންނާއެވެ.

ޕެޕާ ޑޮޓްސްގެ އުފެއްދުންތައް

ދުޅަހެޔޮ އިސްތަށިގަނޑެއް އަދި ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށް ކައިޝީ ކާށި ތެޔޮ

ފެންވަރު ރަނގަޅު އަދި ހެޔޮ އަގުގައި ކާށި ތެޔޮ ފޯރުކޮށްދޭ މަޝްހޫރު ދިވެހި ވިޔަފާރި ކަމަށްވާ ކައިޝީ ގެ ކާށި ތެލަކީ ދުޅަހެޔޮ އިސްތަށިގަނޑާއި ހަމުގެ ރީތިކަން ދެމެހެއްޓުމަށް މަގުބޫލުކަން ހޯދާފައިވާ ތެލެކެވެ. މިހާރު 10 ޕަސެންޓްގެ ޑިސްކައުންޓާއެކު މޫލީ މިނިވަން ސޭލް މެދުވެރިކޮށް https://mool.ee/kaishi ކައިށީގެ ކާށި ތެޔޮ ލިބެން ހުންނާނެއެވެ.

ކައިށީ ގެ އުފެއްދުން

ލުއިކާނާއާއެކު ދިވެހި ރަހަތައް

ދިވެހި ރަހަތައް އުފައްދާ މަޝްހޫރު ކުންފުނި ލުއިކާނާ އިން މޫލީ މިނިވަން ސޭލްގައި އެ ކުންފުނީގެ އުފެއްދުންތަކުން 10 ޕަސެންޓްގެ ހާއްސަ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ. އެގޮތުން ކުދި ގުޅަ، ކުޅި ކަޖާ، އަތުޖެހި، މުރު މުރު، ފޮނި މާ، ބޮނޑި ފަދަ އުފެއްދުންތައް މޫލީ މިނިވަން ސޭލް މެދުވެރިކޮށް https://mool.ee/luikaana ލިބެން ހުންނާނެއެވެ.

ލުއިކާނާގެ އުފެއްދުންތައް

މޫލީ މިނިވާން ސޭލް ކުރިއަށްދާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސޭލުން ދިވެހި އުފެއްދުންތައް ބޭނުންނަމަ https://mool.ee/minivansale ޒިޔާރަތް ކުރާށެވެ.