މާލޭގައި މިރޭ 5 ވަރަކަށް ސިކުންތައް ހަވާއަރުވަން ނިންމައިފިއެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ މިނިވަން ދުވަހުގެ ފަރިތަކުރުންތަކުގެ ތެރެއިން މިރޭ 9:30 އިން 11 ޖެހުމާ ދެމެދުގެ ވަގުތެއްގައި ގަލޮޅު ދަނޑުގައި ގާތްގަނޑަކަށް 5 ވަރަކަށް ސިކުންތަށް ހަވާ އަރުވާނެ ކަމަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި ހަވާ އަރުވާކަމުގެ މައުލޫމާތުތަކެއް ލިބިފައިވާއިރު އޭގެ ތެރެގައި ކުށުދުއްފުށި ސިޓީ ހިމެނެއެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް މިނިވަންދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އެ ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ތ.ކިނބިދޫ، ޅ.ހިންނަވަރު، ލ.މާބައިދޫ، ކ ހިންމަފުށި، ގއ.ގެމަނަފުށި، ހއ.ހޯރަފުށި، ރ.ކިނޮޅަސް، ގއ.ދާންދޫ އަދި ޅ.ނައިފަރު ހިމެނެއެވެ.

އެގޮތުން ހުކުރު ދުވަހުގެ ފަހުން އަތޮޅުތަކުގެ އެކިއެކި ރަށްރަށުގައި އެމްއެންޑީއެފްގެ ބްރާސްބޭންޑްގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އަދި ސްރީލަންކާ، އިންޑިއާ އަދި މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީތަކުގައި މިނިވަން ދުވަހާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

ސިފްކޯއިން މީގެ ކުރިން ވެސް ވަނީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، ހަވާ އަރުވައިދީފައެވެ. އެގޮތުން ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލެގައި ހަވާ އަރުވާފާވެއެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް މީގެ ކުރިން ހަވާ އަރުވާފައިވާއިރު އީދުތަކާ ދިމާކޮށް ރަށް ރަށަށް ގޮސްވެސް ވިޔަފާރި އުސޫލުން ހަވާއަރުވަދެއެވެ.