މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމްގެ ބައްދަލުވުން ކެންސަލް ކުރީ ބަލައި ފާސްކުރުމަށް ވަކީލުން ދެކޮޅު ހެދުމުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކަރެކްޝަންސް އިން މިހެން ބުނީ، އެ ބައްދަލުވުމަށް ހުރަސް އެޅީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އެންގެވުމަށް ކަމަށް ބުނެފައި ވަނިކޮށެވެ. ކަރެކްޝަންސް އިން ބުނީ، މިއަދު ޔާމީންގެ ވަކީލުން ބައްދަލުވުމަށް ގެންދިޔަ ތަކެތި އާންމު އުސޫލުން ބަލާ ފާސްކުރުމަށް އެދުމުން އެކަމަށް ދެކޮޅު ހާދާފައި ވާތީ, ބައްދަލުވުން ކެންސަލް ކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުން ކެންސަލް ކުރުމުން ޕީޕީއެމުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ. އަދި ސަރުކާރުގެ ނުފޫޒާއެކު ޔާމީނާއި ވަކީލުންގެ ބައްދަލުވުމަށް ހުރަސް އަޅާ ކަމަށް ޕީޕީއެމުން ބުނެފައިވާ އިރު، މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ދިމާވެފައި އެބަ ހުއްޓެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެއާއެކު އެމަނަކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހެޅިއެވެ. އަދި އެ މައްސަލަ ހައިކޯޓުން ބަލައިގެންފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.
މިއަދާ ހަމައަށް އައި އިރު އެ މައްސަަލއިގެ ޖުމްލަ 4 އަޑުއެހުމެއް ބާއްވާފައިވާ އިރު، ފަހުން އަޑުއެހުން ނުބާއްވާ އޮތީ ފަނޑިޔާރުން ޗުއްޓިއަށް ދިއުމުންނެވެ. އަދި ފަނޑިޔާރުން ޗުއްޓިއަށް ދިއުމުން މައްސަލަ ބެލުން ލަސްވެ އިސްތޮއުނާފް މައްސަލަ ނުނިމިއްޖިއްޔާ ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ޖާގައެއް ނޯންނާނެއެވެ. އެހެންކަމުން ޔާމީންގެ ޓީމުން ވަނީ ޔާމީންގެ އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސް އަލާފައިވާ ކަމަށް ބުނެ، އެ ހައްގުތައް ކަށަވަރު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ.
އަދި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެން ކަން ކަށަވަރެއް ނޫނެވެ.
އަމަޔޭ ކިޔާބަލަ