ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯ، ޓީޓީއެމް މޯލްޑިވްސް 2023 ގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ބައިވެރި ވެއްޖެއެވެ.​​

އުރީދޫން ބުނީ، ​​ޓީޓީއެމް މޯލްޑިވްސް 2023ގެ ދަށުން ދެ ދުވަހު މީރުމާ ކޮންފަރެންސް ފެސިލިޓީގައި ޓީޓީއެމް ކަނެކްޓް މީޓިންތައް ބޭއްވުމަށް ފަހު އެންމެ ފަހު ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ޓީޓީއެމް އެވޯޑްސް އެންޑް ގާލާ ނައިޓް އޮންނާނެ ކަމަށެވެ.

މިއަހަރުގެ ޓްރޭޑް ޝޯގައި ރާއްޖޭގެ އިންޑަސްޓްރީގެ އެންމެ ފަހުގެ ހިޔާލުތަކާއި ޓްރެންޑްތައް މަޝްވަރާކޮށް، ދެނެގަތުމަށް ޓީޓީއެމްއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ 100 އަށް ވުރެ ގިނަ ރިސޯޓް/ހޮޓާ އަދި ފާހަގަކޮށްލެވޭ 30 ގައުމެއްގެ 250 އަށް ވުރެ ގިނަ ބޮޑެތި އޮޕަރޭޓަރުން ބައިވެރިވާނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ޓީޓީއެމް އެވޯޑް އަދި ގާލާ ނައިޓް ގައި މިއަހަރު އާ ޝަރަފުވެރި އާ ކެޓެގޮރީތަކެއް ވެސް އިއުލާނުކުރުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ، ޓީޓީއެމް 2023 ގައި ބައިވެރިވުމަށް އެގްޒިބިޓަރުންނާއި ޒިޔާރަތްކުރާ ފަރާތްތަކުން ޖުލައި 31، 2023 ގެ ކުރިން މި އިވެންޓަށް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެ ކަމަށެވެ.

އުރީދޫން ބުނީ، އުރީދޫ މޯލްޑިވްސް އަކީ މިއަދުގެ ކަސްޓަމަރުންނާއި ވިޔަފާރިވެރިންގެ އިތުރުވަމުންދާ ބޭނުންތަކަށް ފެތޭ ގޮތަށް ވޮއިސް، ޑޭޓާ، ބްރޯޑްބޭންޑް، ކޮންޓެންޓް އަދި އެންޓަޕްރައިޒް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށާއި ދިވެހިންގެ ދިރިއުޅުން މުއްސަނދިކުރުމުގެ ތަސައްވަރާ އެއްގޮތުގެ މަތިން އުރީދޫއިން މަސައްކަތްކުރަމުންދަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ހިދުމަތްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މުޖުތަމައުތަކަށް އިތުރު ފުރުސަތުތައް ފަހި ކޮށްދިނުން ކަމަށެވެ.

​​އެގޮތުން އުރީދޫއަކީ ރާއްޖޭގެ ޑިޖިޓަލް ސޮލިއުޝަންތަކުގެ ޒަރިއްޔާއިން ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތްކުރަމުން އަންނަ ކުންފުންޏެއް ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ، ޑިޖިޓަލް ހަބް، ޑިޖިޓަލް އެންޓަޓެއިންމަންޓް، ޑޭޓާ ސެންޓާ އެންޑް މެނޭޖްޑް ސާވިސަސް އާއި ކްލައުޑް ސާވިސަސް ފަދަ ކުންފުނިތަކުގެ މަސައްކަތާއި ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ތައްޔާރުކޮށްފައިވާ ޑިޖިޓަލް ސޮލިއުޝަންތަކެއް ފޯރުކޮށްދޭ ކަމަށެވެ.

ޑިޖިޓަލް ސޮލިއުޝަންތަކުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ ޑެސްޓިނޭޝަން މާކެޓިން ކެމްޕެއިނެއް ކަމަށްވާ ވިޒިޓް މޯލްޑިވްސް ނައު ވެސް އިފްތިތާހުކޮށް، 10 ގައުމެއްގެ 117 މިލިއަނަށް ވުރެ ގިނަ މީހުންނަށް ރާއްޖެ މާކެޓްކޮށް ކޮވިޑަށް ފަހު ފަތުރުވެރިކަން އަލުން ފެށުމަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އުރީދޫން ބުނެއެވެ.