އިންޑިއާގެ ކޮރެއާ އަވަށަށް ނިސްބަތްވާ އުމުރުން 7 އަހަރުގެ ވަރްޝާ މިޝްރާ އަކީ އުފަންވި އިރު މަންމަނު އަދި ބީރު ކުއްޖެކެއެވެ.

އުފެދުމުގައި ހުރި މި އުނިކަން ރަނގަޅު ކުރުމަށް އޭނާގެ މައިންބަފައިން ކުރަމުން ދިޔަ މަސައްކަތުން އުއްމީދު އާވީ ޗައްދީޝްގަރް ސަރުކާރުގެ ޗީފް މިނިސްޓަރުގެ އެދިވަޑައިގަތުމަށް ވަރްޝާގެ އޮފަރޭޝަން ހިލޭ ކޮށްދޭން ނިންމުމުންނެވެ.

އާދައިގެ ކުޑަ ވިޔަފާރިއެއް ކުރާ ވަރްޝާގެ ބައްޕަ އުމުރުން 36 އަހަރުގެ މުކޭޝް މިޝްރާއާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ، ދަރިފުޅަށް ފަރުވާއެއް ލިބޭތޯ ވަރްޝާގެ އުމުރުން 1 އަހަރުގައި ޓެމިލްނާޑޫގައި ހުންނަ ބޮޑު ހޮސްޕިޓަލަކަަށް ދިޔަ ކަމަށާއި އަގު ބޮޑުކަމުން ފަރުވާ ނުކުރެވުނު ކަމަށެވެ.

އަދި އެ ހޮސްޕިޓަލުން ބުނެގެން ހިއަރިން އެއިޑެއް [ބީރު މީހުންނަށް އަޑުއިއްވަން އަޅުވާ ޑީވައިސް އެއް] އެޅުވި ކަމަށާއި ނަމަވެސް ވަރްޝާ އޭތި އެއްލާލަނީ ކަމަށެވެ.

އެހެން އުޅެމުން ގޮސް އެކިފަރާތަކުގެ މަދަދުވެރިކަމާއެކު ޗީފް މިނިސްޓަރާ ހަމައަށް ދެވުމުން ދަރިފުޅުގެ ހާލަތު ކިޔައިދިނުމާއެކު އޮޕަރޭޝަން ކުރަން މަގުފަހިވި ކަމަށާއި ކޮކީއާ ޑީވައިސް އަކާއެކު މިހާރު ވަރްޝާގެ 1 ކަންފަތަށް އަޑުއިވޭ ކަމަށެވެ. ކޮކީއާ ޑީވައިސް އަކީ އެއްބައި ކަންފަތުގެ ބޭރުގައި ހަރުކޮށް އަނެއްބައި ކަންފަތުގެ އެތެރެއިން ހަނގަނޑުގެ ދަށުން ހަރުކުރާ ކުޑަކުޑަ ޑީވައިސްއެކެވެ. މި ޑީވައިސްގެ އެހީގައި ބޭރުގެ އަޑުތައް ނަައިގަނެ ކަންފަތުގެ އަޑުއިވުމުގެ ނިޒާމުގެ ތެރެއިން ސިގްނަލްތައް ފޮނުވާލައި އެ އަޑުތައް ދެނެގަނެއެވެ.

ވަރްޝާއަށް އަޑުއިވޭގޮތް ވީ ނަމަވެސް މަންމަނަކަށް ވާތީ އަނގަޔަކުން ވާހަކައެއް ނުދެއްކެއެވެ. ނަމަވެސް މީހުން ދައްކާ ވާހަކަ އަޑުއިވުމުން އަތާއި މޫނާއި ބޮލުގެ ހަރަކާތުން ޖަވާބު ދޭއިރު ވަރްޝާ ހުރީ އުފަލުންނެވެ.

ވަރްޝާގެ ބައްލަ މުކޭޝް މިހާރު މަސައްކަތް ފަށާފައި ވަނީ، ވަރްޝާއަށް ވާހަކަ ދެއްކޭނެ ގޮތެއް ވޭތޯ ބެލުމުގެ މަސައްކަތެވެ. ސްޕީޗް ތެރަޕީތައް ދިނުމުގެ އިތުރުން ބޭސްވެރިކަމުގެ ގޮތުން ހޯދޭނެ ފަރުވާ އަކީ ކޮބައިތޯ ދެނެގަތުމަށް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.