އަންނަ މަހުން ފެށިގެން، އެމްޓީސީސީން ދެމުންދާ އެއާޕޯޓު ފެރީ ހިދުމަތުގެ އަގުތައް ބޮޑުކުރަން އެ ކުންފުނިން ނިންމައިފިއެވެ.

އެމްޓީސީސީއިން ކުރި އިއުލާނުގައި ވަނީ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން އެއާޕޯޓު ފެރީގެ އަގުތައް ބަދަލުވެގެން ދާނެކަމަށެވެ.

މި ގޮތުން އޯގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހެނދުނު 6:00 އިން މެންދަމު 12:00 އާ ދެމެދު ކުރާ ދަތުރުތަކަށް މީގެ ކުރިން ނަގަމުން އައި 10 ރުފިޔާގެ ބަދަލުގައި ދެން ނަގާނީ 15 ރުފިޔާއެވެ. އަދި ފަތިހު 5:30 އިން 6:00 އަށް ދެން ދަތުރުކުރެވޭނީ 20 ރުފިޔާއަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސިނަމާލެ ބްރިޖު ހުޅުވުމާއެކު ކަނޑުމަގުން އެއާޕޯޓަށް ދާ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. އެހެންނަމަވެސް އަދިވެސް އެއާޕޯޓަށް ވަޒީފާއަށް ދާ މީހުންގެ އިތުރުން ފަތުރުވެރިން ދަތުރުކުރުމަށް އެއާޕޯޓް ފެރީ ބޭނުން ކުރެއެވެ.