ސިންމާލެ ބްރިޖުގައި ހުރި ޓްރެފިކް ލައިޓްތައް ބަދަލު ކުރާތީ މެނުއަލްކޮށް ޓްރެފިކް ބަލަހައްޓަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ސިނަމާލެ ބްރިޖުގައި ހުރި ޓްރެފިކް ލައިޓުތައް އެރޯ ޓްރެފިކް ލައިޓް ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށަފައިވާ ކަމަށެވެ. އެހެންކަމުން މެނުއަލްކޮށް ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކުރަމުންގެންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
މެނުއަލް ކޮށް ޓްރެފިކް ބަލަހައްޓަމުންދާ ދަނޑިވަޅުގައި ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ސިނަމާލެ ބްރިޖަކީ ގިނަ އަދަދެއްގެ ދުއްވާ އުޅަނދު ހުރަސް ކުރާ ބްރިޖަކަށް ވެފައި އާންމުކޮށް މާލެ ސަރަހައްދުގައި އުޅަނދުތައް ދުއްވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ ސަރަހައްދެކެވެ. މި ސަރަހއްދަކީ މާލެ ސަރަހައްދުން އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގާ ސަރަހައްދު ވެސް މެއެވެ.