މޯލްޑިވްސް ޑިމޮކްރެޓިކްސް ޕާޓީ (އެމްޑީޕީ) އެ ދަނީ ރޫޅެން ކަމަށާއި ކަށިކެޔޮގަނޑަށް ވާ ގޮތަށް [އޭގެ ފޫވަށް ވަކިކޮށްލުމުން ކެޔޮގަނޑު ރޫޅޭ ހެން] މިފަހަރު އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
'ދަ ޑިމޮކްރެޓްސް' އަށް ރައީސް ނަޝީދު ސޮއި ކުރެއްވުމަށް މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ އެމްޑީޕީގައި ތިއްބެވި އެމަނިކުފާނުގެ ރަހްމަތްތެރިންނަށް 'އިންޒާރުގެ' މެސެޖެއް ދެއްވާފައެވެ. އެ ރަހްމަތްތެރިން އެ ތިބީ ގޯސް ތަނުގައި ކަމަށާއި އެމީހުންނަށް ގޮތް ހުސްވަނީ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ވަޒީފާއެއްގެ ބޭނުމަށް ނުވަތަ މާއްދީ ތަނަވަސް ކަމަށް [އެމީހުން ގަބޫލުކުރާ ގޮތް- ޑިމޮކްރެޓްސްގެ ގޮތް] ގޮތް ދޫކޮށް ނުލުމަށާއި އެއީ އަނބުރާ ލިބޭނެ އެއްޗެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެސްއެމްއީ ބޭންކް ތަކުން ލޯނެއް ލިބިދާނެ ކަމަށާއި ދަރަންޏެއް ބޮލުގައި އެޅިދާނެ ކަމަށާއި ނަމަވެސް ތިމާގެ އުސޫލެއް ނުލިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ތެދުވެރި ދިރިއުޅުމެއް އެއީ ބޭންކަކުން އަދި ލިބޭ ލޯނަކުން ވާކަމެއް ނޫން ކަމަށާއި އެއީ ތިމަންނާގެ ގޮތެއް ހުރީމައި ވާ ކަމެއް ކަމުން އެ ގޮތް ދޫކޮށް ނުލުމަށް ނަޝީދު އެދިވަޑައިގަތެވެ.
އެމްޑީޕީއަށް މިހާރު ވާ ގޮތް ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ޕާޓީއަށް މިހާރު ވާ ގޮތަކީ ކަށިކެޔޮގަނޑަށް ވާ ގޮތް ކަމަށެވެ. ފޫވަށް ދިޔައިމާ ކެޔޮގަނޑު ރޫޅޭނެ ކަމަށާއި އެމްޑީޕީ އެ ދަނީ ރޫޅެން ކަމަށެވެ. މިހާރު އެ ކެޔޮގަނޑުގެ ފޫވަށް ވެއްޓިއްޖެ ކަމަށާއި ފޫވަށް ގެއްލިއްޖެ ކަމަށެވެ. އަދި އެ ޕާޓީ އެމަނިކުފާނު ރޫޅާލައްވާނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ.
އެ ޖަލްސާގައި އިތުރަށް ނަޝީދު ވިދާޅުވީ، ޕާޓީއެއް އުފެއްދެވީ ފިކުރެއް ދިރުއްވަން ކަމަށާއި އުސޫލުތަކެއް ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ. މުޅި ހަޔާތްޕުޅުގެ ގިނަ ދުވަސްތައް ހޭދަ ކުރެއްވީ އަނިޔާގައި ވޭނާއި ހިތަމާއާއި އެކަނިވެރި ކަމުގައި ކަމަށާއި އަބަދުވެސް އަމާޒަކަށް ވީ އުސޫލެއް ހޯއްދެވުން ކަމަށެވެ. ގޮތެއް ހޯއްދެވުން ކަމަށެވެ.
ދިވެހިންނަށް މިއަދު ލިބޭ މިންވަރަށް ވުރެ ރަނގަޅު މިންވަރެއް ލިބޭނެ ހަމަތަކާއި އުސޫލުތަކެއް މި ރާއްޖޭގައި ތައާރަފް ކުރުމުގެ ބޭނުމުގައި ދިވެހިންގެ އުންމީދުތައް އާލާ ކޮށްދޭނެ ތަނަވަސް އުސޫލުތަކެއް ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހިރައްޔިތުންގެ ޑިމޮކެރެޓިކް ޕާޓީއޭ ކިޔައި ޕާޓީއެއް ހެއްދެވީ ވެސް އެ ބޭނުންފުޅުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ތެދުވެރިކަމާއި އިހްލާސްތެރިކަމަކީ އެއީ ގައުމަކަށް ބޭނުންވާނެ އެންމެ ބޮޑު ހަރުމުދާ ކަމަށާއި އޮބަހައްޓައިގެން ހިފަހައްޓައިގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ތެދުވެރި ރައްޔިތެއް ހޯދަން އިހްލާސްތެރި ބަޔަކު ބިނާކުރަން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެމްޑީޕީ ދޫކޮށްލެއްވީ އެ ސިޔާސަތުތައް ބަދަލުވެގެން ދިއުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ ޕާޓީ ދޫކޮށްލައްވަން ޖެހިވަޑައިގަތުމުން އުނދާގޫވެވަޑައިގެން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މީގެމާކުރިން ތިގެންގުޅުނު ކ ކ ގަނޑު ރޫޅިގެން ހިގައްޖެ މާގަދަބަސް ބުނަނަން ނުހަދާ ރަތްޔިތު މީހާބޯކައިގެން އެއްމެ ބޮޑުމުސާރަނަގައިގެންވެސް ގޭގަ ނޯވެވުނެއްނުން
ފަހަރުގަ ބޯން ވެގެން އެކީއުޅޭ ކުދިންކޮޅު ވެދާނެ ތިގޮތަށް ކުރެވޭ ހީއަކަށް! އެކަމަކު ކަރުން ނާރު ފުއްޕިޔަސް ގޮވާނީ ހަމަ އަތަށް! ވެއްޓޭނީ ފީވެގެން ދަނޑިދަމާ ކޮސްރޮޓިސް ފީ ދޮންކެޔޮ ގަނޑެއްހެން!