ށ. ފޯކައިދޫ އާއި ށ. ފޭދޫ އަދި ށ. ފީވަކުގައި މޫދަށް އެރޭ ސަރަހައްދު ހަދަން ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއަކީ 16.6 މިލިއަން ރުފިޔާއަށް 210 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ފީވަކުގައި 3575 ކޮޑި މީޓަރު ފަތާ ސަރަހައްދު ފުން ކުރުމާއި 50 މީޓަރު ގްރޮއިން އަދި 97 މީޓަރު ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނެއެވެ.

މީގެ އިތުރުން ފޭދޫގައި 2106 ކޮޑި މީޓަރު ފަތާ ސަރަހައްދު ފުން ކުރުމާއި 50 މީޓަރު ގްރޮއިން އަދި 62 މީޓަރު ސަރަހައްދެއްގައި ބޭރު ތޮށިލުމާއި ފޯކައިދޫގައި 2730 ކޮޑި މީޓަރު ފަތާ ސަރަހައްދު ފުން ކުރުން، 40 މީޓަރު ގްރޮއިން ހެދުން އަދި 101.56 މީޓަރު ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނެއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސައިން މޫސާއެވެ.

އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.