ކާބަން ނިއުޓްރަލް ގައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ނެޓް ޒީރޯ ސިޔާސަތު ތަންފީޒް ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ތައުރީފު ކުރައްވައިފިއެވެ.
ދާދިފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަރިހުގައި އެމެރިކާއަށް ކުރެއްވި ދަތުރުގައި އެމްޑީ ސައީދު ވަނީ ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި އދގެ ސެކްރެޓަރީ ޖެނެރަލް އާ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ފެނަކައިން ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި، އަދި އެ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ވަނީ ހިއްސާ ކުރައްވާފައެވެ. އަދި ނެޓްޒީރޯއަށް ވާސިލްކުރުމަށް ރައީސް ސޯލިހްގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ނެޓްޒީރޯއަށް ވާސިލްވުމަށް ފެނަކައިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު، ވެސް ސައީދު ވަނީ ހިއްސާ ކުރައްވާފައެވެ.
ސެކްރެޓަރީ ޖެނެރަލް ވަނީ ފެނަކަ އާއި އެމްޑީ ސައީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފް ކުރައްވައި، އެސްޑީޖީތައް ހާސިލްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މިދަތުރުގައި ވޮޝިންޓަންއަށް ޒިޔާރަތްކުރައްވައި ސައީދު ވަނީ އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެންއާ ވެސް ބައްދަލު ކުރައްވާފައެވެ.
ސައިދުއަށް ހަޒުރަމާތުގެ މައްޗަށް އެރުނީތާދޯ އދގެ ސެކެއްޓްރީ ޖެނެރަލްއާ ބައްދަލުވީމަ އެކަމަކު މިއަންނަ ސަރުކާރުގަ ޖަލަށްކަންނޭނގެ ލާނީ އޭރުންވެސް އެމީހުން ތިބޭނެތާ ސަލާމަތް ކުރަންދޯ