އައްޑޫ އަތޮޅު ހުޅުމީދޫގައި މީހަކަށް މަރުގެ އިންޒާރު ދިން މީހަކު އީދު ދުވަހު ހައްޔަރު ކޮށްފިއެވެ.

ހައްޔަރު ކޮށްފައި ވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެކެވެ.

ފުލުހުން ބުނީ އެނމްްމެ ފުރަތަމަ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. ރަށުތެރޭގެ އަމާން ކަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި އޭނާ އެ ދުވަހު ހައްޔަރު ކިރުމަށް ފަހު 25 ގަޑިއިރު ފަހުން ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ނަމަވެސް އީދު ދިވަހު ކޯތި އަމުރެއްގެ ދަށުން އމީހާ ހައްޔަރު ކޮށްފައި ވަނީ މީހަކަށް މަރިގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހިގީގު ކުރަމުންނެވެ.