ބޮޑު އީދު ޗުއްޓީ ތެރޭގައި ކަސްޓަމަރުން ގުޅުވާލަދީ އީދުގެ އުފާ އެންމެ ފުރިހަމައަށް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހާއްސަ އޮފާތަކެއް އުރީދޫ މޯލްޑިވްސް އިން ލޯންޗުކޮށްފިއެވެ.
އުރީދޫން ބުނީ ބޮޑު އީދާ ގުޅިގެން އުރީދޫއިން ލޯންޗްކުރި އޮފާތަކުގެ ތެރޭގައި 150 ރުފިޔާއަށް 100 ޖީބީ ޑޭޓާ، ފަސް ދުވަސް (120 ގަޑިއިރު) އަށް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ ޕެކެއް ހިމެނޭ ކަމަށެވެ. މި ޕެކާ އެކު އީދުގެ އުފަލުގައި ބައިވެރިވެ ޗުއްޓީ ތެރޭގައި ހުރިހާ ކަސްޓަމަރުންނަށް ވެސް މެދުނުކެނޑި ހައި ސްޕީޑް އިންޓަނެޓް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
ބޮޑު ޗުއްޓީ ޕެކް އެސްއެމްއެސް، ޔޫއެސްއެސްޑީ މެނޫ، އުރީދޫ އެޕް އަދި ކުއިކްޕޭ ފަދަ ޗެނަލްތަކުން އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
- އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ
- އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް V150”"ޖެއްސުމަށްފަހު 5555 އަށް އެސްއެމްއެސް ކުރޭ
- ކުއިކް ޕޭ މެދުވެރިކޮށް ވެސް އެކްޓިވޭޓް ކުރެވޭނެ
- ޔޫއެސްއެސްޑީ މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް *929*1# އަށް ގުޅާ
ސުޕާނެޓް، ފަސޭހަ، އަދި 5ޖީ އެއާފައިބާ އަލަށް ނަގާ ފަރާތްތަކަށް އަދި އަޕްގްރޭޑް ކުރާ ފަރާތްތަކަށް އައިފޯން 14 ގެ އިތުރުން ހާއްސަ އިނާމުތައް!
އުރީދޫން ބުނީ، އީދު ޗުއްޓީގައި އުރީދޫ ހޯމްބްރޯޑްބޭންޑް ގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ހިދުމަތްނަގާ ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ޖުލައި 31، 2023 ގެ ކުރިން އާ ސުޕާނެޓް ކަނެކްޝަނެއް، ފަސޭހަ ހޯމް ބްރޯޑްބޭންޑް ނުވަތަ ފަސޭހާ ޕްލަސް ގެ އިތުރުން 5ޖީ އެއާފައިބާ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އެޕަލްގެ އެންމެ ފަހުގެ ފޯނު - އައިފޯން 14 ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަސް އުރީދޫން ބުނެއެވެ. މި ތިން ނަސީބުވެރި ފަރާތް ހޯވާނީ އޯގަސްޓް މަހުގެ ތެރޭގައި ކަމަށް އުރީދޫން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް ވެސް ހާއްސަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
އޭގެ ތެރޭގައި ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް، ވާވޭ ވޮޗް ބަޑްސް އަދި ސެމްސަންގް ގެލެކްސީ ބަޑްސް 2 ގްރެފައިޓް - އެސްއެމް-އާރް177 ފަދަ އަގުހުރި އިނާމުތަކެއް ހިމެނޭ ކަމަށް އުރީދޫން ވަނީ ބުނެފައެވެ. އުރީދޫން ބުނީ، މި ނަސީބުވެރިފަރާތްތައް ހޮވާނީ ޕްރޯމޯޝަނަށް ފަހު އަންނަ މަހު ކަމަށެވެ.
އަމާޒަކީ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތައް ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދީ މި ޗުއްޓީ ތެރޭގައި ކަސްޓަމަރުން ގުޅުވާލަދިނުން ކަމަށް ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.