ރާއްޖެއަށް މަކިޓާ ތައާރަފްކުރިތާ 25 އަހަރު ފުރުމާއި މަކިޓާ ޝޯރޫމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މަކިޓާގެ އުފެއްދުންތަކުގެ ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ، މިއަދުން ފެށިގެން ޖުލައި 31 ގެ ނިޔަލަށް ކުރިޔަށްގެންދާ އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ބަލައިގަންނަ މަކިޓާ އުފެއްދުންތަކުން 40 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި އެ ޝޯރޫމުން ޖޫން 2022 އިން މެއި 2023 އަށް އެ ޝޯރޫމުން އެންމެ ގިނައިން ތަކެތި ބަލައިގެންފައިވާ ފަސް ފަރާތެއް ފާހަގަކޮށް އެ ފަރާތްތަކަށް ހާއްސަ ހަދިޔާއެއް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން ޖޫން 21 ވަނަ ދުވަހު މަކިޓާ ޝޯރޫމުން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް ހާއްސަ ހަދިޔާއެއް ދެމުންދާ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.