ރާއްޖޭގައި އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީ އިން އަގީގާ، އުލްހިއްޔާ އަދި ފިދްޔާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބަކަރި.އެމްވީ އާ މިއަދު ގުޅި އޮންލައިންކޮށް އެ ހިދުމަތަށް އޯޑާ ކުރެވޭނެ ގޮތް ފަހިކޮށްދީފިއެވެ.

އުރީދޫން ބުނީ، މި ޕާޓްނާޝިޕާއެކު މޫލީ މެދުވެރިކޮށް ބަކަރިއެމްވީ ގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ގުރުބާނީގެ އުލްހިއްޔާ، އަގީގާ ނުވަތަ ފިދްޔާ އަށް އޯޑަރުކޮށް ހަދިޔާކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. މޫލީއަށް އޯޑަރު ދިނުމުން، ގުރުބާނީގެ ބަކަރި ކަތިލުމާއި، ޕެކްކުރުމާއި، ހަދިޔާކުރުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ކަސްޓަމަރުގެ އެދުމާ އެއްގޮތަށް ބަކަރި.އެމްވީ އިން ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ވެސް، ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކު ހުރިހާ ހިދުމަތްތަކެއްވެސް ލިބުން ކަމަށެވެ. އެގޮތުން ބަކަރި.އެމްވީ އާ ގުޅިގެން މިހާރު އީދާއި ގުޅުވައިގެން، ނުވަތަ ނަން ކިޔުމުގެ އިތުރުން ފިދްޔަ ދިނުމަށްވެސް ގުރުބާނީގެ ހަދިޔާ ކުރުންވެސް މޫލީ މެދުވެރިކޮށް އެތައްތަނެއް ފަސޭހަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޫލީ މެދުވެރިކޮށް އޯޑާ ޖައްސަވާލެއްވުމުން ބަކަރި.އެމްވީ އިން ކަސްޓަމަރުން ބޭނުން ވާ ގޮތައް ޕެކް ކޮށް ބޭނުންވާ އެޑްރެސްއަކަށް ޑެލިވަރ ކުރުމުގެ ޙިދުމަތްވެސް ލިބިގެންދާނެ. ހާއްސަކޮށް ސަރަޙައްދުތަކުގެ ރައްޔިތުންނަށް ހަދިޔާކުރަން މަސައްކަތް ކުރާއިރު ދިމާވާ ލޮޖިސްޓިކް ގޮންޖެހުންތައް ލުއިވެގެންދާނެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ

ބަކަރި.އެމްވީ ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޖަދީދް އަހުމަދު ވިދާޅުވީ އަމާޒަކީ، އަގީގާ، އުލްހިއްޔާ ފަދަ ދީނީ ވާޖިބުތައް އަދާކުރުމުގެ މަގު ފަހިކޮށްދީ، ބޭނުންޖެހިފައިވާ މީހުންނަށް އިތުބާރުކުރެވޭ، ދެފުށް ފެންނަ ގޮތަކަށް މި ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. މޫލީއާ ގުޅިގެން އޮންލައިންކޮށް އޯޑަރު ކުރުން ފަހި ކޮށް، އެންމެ ބޭނުންޖެހޭ ފަރާތްތަކަށް މި ސަދަގާތް ފޯރުކޮށްދީ، ސަދަގާތް ކުރުމުގެ އަސާސްތައް އިތުރަށް ޕްރޮމޯޓްވެގެންދާނެ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މޫލީ މެދުވެރިކޮށް ބަކަރި.އެމްވީ ގެ ހިދުމަތްތަކަށް އޯޑާ ކުރާނެ ގޮތް:

  • https://mool.ee/bakarimv ޒިޔާރަތްކުރުން
  • ހަދިޔާ ކުރަން ބޭނުންވާ މަހުގެ ބާވަތް އިހްތިޔާރު ކުރުން
  • ސްޕެޝަލް އިންސްޓްރަކްޝަން ގޮޅީގައި ޑެލިވަރީ ކުރަން ބޭނުންވާ އެޑްރެސް ބަޔާންކުރުން
  • އޯޑަރު ކަށަވަރު ކުރުމަށް ފައިސާ ދެއްކުން

އުރީދޫން ބުނީ، ބަކަރިއެމްވީ އިން އެކި ގައުމުތަކުން ލިބޭ ތަފާތު މަހުގެ ބާވަތް ކަސްޓަމަރުންނަށް ފޯރުކޮށްދޭ އިރު މި މައުލޫމާތު ކަސްޓަމަރުންނަށް މޫލީ މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ. މޫލީ މެދުވެރިކޮށް ސަދަގާތް ކުރުމަށް އޯޑާކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީ ކުރުމުގެ ފައިދާ ލިބި، ލޮޖިސްޓިކްސް ހަރަދުތައް ކަސްޓަމަރުން އުފުލަން ނުޖެހުމަކީ އެފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް ކަމަށް އުރީދޫން ބުނެއެވެ.

ކަސްޓަމަރުންގެ ސަދަގާތް، އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކަސްޓަމަރުންގެ ނަމުގައި ބަކަރިއެމްވީ އިން ފުރިހަމަ ކޮށްދޭއިރު، ވަކި ބަޔަކަށް ހަދިޔާ ކުރުމަށް ނުވަތަ އަމިއްލަފުޅަށް ޑެލިވާ ކުރަން ބޭނުންވާ ނަމަ އެ ގޮތައްވެސް މި ހިދުމަތް ހަމަޖައްސާދެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ. އުރީދޫން ބުނީ، ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މި ޕްލެޓްފޯމްގެ ފައިދާ ލިބިގަތުމަށް މޫލީ އިން ދައުވަތު އަރުވާ ކަމަށެވެ.