[މި ލިޔުމުގައި ކުޑަކުދިންނާ ނުގުޅޭ މަންޒަރާއި ސިފަކުރުން ހުރެދާނެ ކަމަށްޓަކައި ކުޑަކުދިންނަށް އެކަށީގެން ނުވާ ކަމުގައި ދަންނަވަމެވެ.]

ކ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއް ކަމަށްވާ ރިޒްކާލްޓަން ފަރި އައިލެންޑް ރިސޯޓަށް ޒިޔާރަތް ކުރި ޗައިނާގެ ފަތުރުވެރިޔާ، ޔޮލީޔިޓޮންގް ރޭޕް ކުރި ހާދިސާ، އެނާ ވަރަށް ތަފްސީލުކޮށް ކިޔާދީފިއެވެ.

ޔޮލީޔިޓޮންގް ރޭޕްކުރި މައްސަލާގައި ފުލުހުން ބުނީ، ކ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ފަތުރުވެރިއަކު ރޭޕްކޮށްފައިވާ މައްސަލަައެއް މި މަހުގެ 6 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާ ތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޔޮލީޔިޓޮންގް ވަނީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތައް ހިއްސާ ކޮށްފައެވެ. އެގޮތުން ފައިގައި ޒަހަމްތަކެއް ހުރި އިރު މޭމަތީގައި ވަކިތަކެއްވެސް ހުރިކަން ފޮޓޯތަކުން ފެނެއެވެ. އެ މައްސަލާގައި ތުހުމަތުކުރެވޭ ބަޓްލަރު އުޝާމް ކިޔާ މީހާގެ ފޮޓޯތައްވެސް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެ ހާދިސާ ހިނގި ގޮތް ކިޔައިދެމުން ޔޮލީޔިޓޮންގް ބުނީ އޭނާ ރާއްޖެއަށް އައީ މި މަހުގެ 6 ވަނަ ދުވަހު ކަމަށާއި މި މަހުގެ 10 ވަނަ ދުވަހު އެނބުރި ޗައިނާއަށް ދާން ހަމަޖެހިފައިވީ ނަމަވެސް އިތުރު ދުވަސްކޮޅަކު މަޑުކުރަން ބޭނުންވެގެން ޗުއްޓީ އިތުރު ކުރި ކަމަށެވެ.

ޔޮލީޔިޓޮންގް ހުރުމަށް ހަމަޖެހިފައިވާ ރޫމަށް ފޮށި ގެންގޮސްދީ ރިސޯޓުގެ ކަންކަން ކިޔައިދިނީ އެ ރިސޯޓުގެ ބަޓްލަރު އަހުމަދު އުޝާމް ކަމަށް ބުނެއެވެ. އަދި ހަމަ އެ ދުވަހު ޔޮލީޔިޓޮންގް ފޯނަށް ފެން އެޅި ފޯނު ހަލާކުވުމުން އާއިލާއަށް ގުޅޭނެ ގޮތެއް ހޯދުމަށް ފްރަންޓް އޮފީހުގައި އެދުމުން ފްރަންޓް އޮފީހުން ޔޮލީޔިޓޮންގް އަށް އެހީވުމަށް ފޮނުވީ ވެސް އުޝާމެވެ.

އެހީވުމަށް އުޝާމް ފޮނުވުމުން އޭނާގެ ފޯނަށް ޔޮލީޔިޓޮންގްގެ ސިމް ލައްވާ ޔޮލީޔިޓޮންގްގެ މަންމައަށް ގުޅުމަށް އުޝާމްގެ ފޯނު ދިނުމަށް ފަހު އޭނާ އެނދުގައި އިށިއިން ކަމަށް ޔޮލީޔިޓޮންގް ބުންޏެވެ. އަދި އުޝާމް ޔޮލީޔިޓޮންގް އާ ތަފާތު ސުވާލުތައް ކުރަމުން ދިޔަކަން ފާހަގަ ކުރަމުން އޭނާ ބުނީ އެކަނި އައީ ކީއްވެތޯއާއި އުޅެނީ ކޮންތާކުތޯ ސުވާލު ކުރި ކަމަށެވެ. އެ ސުވާލުތަކުގެ ރޭގައި ކީއްތޯ ކުރީ އެހި ކަމަށާއި ނިދީ ބޭރު ޕޫލް ކައިިރީގައިތޯ ވެސް ސުވާލު ކުރި ކަމަށް ޔޮލީޔިޓޮންގް ބުނެއެވެ. އެވަގުތު އުޝާމް ޔޮލީޔިޓޮންގް އަށް ހަރަކާތްތައް ބަލަމުން ދިޔަ ކަން ފާހަގަކުރެވި މައުޟޫ ބަދަލުކުރަން ޔޮލީޔިޓޮންގް ބޭނުންވި ކަމަށްވެސް ވަނީ ބުނެފައެވެ.

ޔޮލީޔިޓޮންގް/ ފޮޓޯ: ޔޮލީޔިޓޮންގް

ޔޮލީޔިޓޮންގް ބުނީ އެ ގަޑީގައި އުޝާމް ކޮޓަރިން ބޭރަށް ދިޔުމަށް ފަހު ޔޮލީޔިޓޮންގްގެ މަންމަގެ މެސެޖެއް އައީ ކަމަށް ބުނެ އަނެއްކާ އޭނާ ހުރި ކޮޓަރިއަށް ދިޔަ ކަމަށާއި އަދި ވާހަކަ ދައްކަމުން ޗުއިންގަމެއް ނަގައިގެން ޗުއިންގަމް ކާން ފެށި ކަމަށެވެ. އަދި އޭނާއަށް "ކިސް" އެއް ދޭން ބޭނުންތޯ ސުވާލު ކުރި ކަމަށާއި އެފަދަ އެއްވެސް ކަމެއް ކުރަން ބޭނުން ނުވާ ކަމަށް ބުނެ، އުޝާމްއަށް ނޭނގިދާނެތީ ކޮމްޕިއުޓަރުން ތަރުޖަމާކޮށް ދައްކާފައި ވެސް އެފަދަ ކަމެއް ކުރަން ބޭނުންނުވާ ކަމަށް ތަކުރާރުކޮށް ބުނި ކަންވެސް ޔޮލީޔިޓޮންގް ބުންޏެވެ.

އެއާއެކު އުޝާމް ޔޮލީޔިޓޮންގް ގާތު ހާސްނުވުމަށް ބުނެ އޭނައާ ދިމާއަށް ގުދުވެލުމަށް ފަހު އަނގައިގައި އަތް ޖައްސާލި ކަމަށް ބުންޏެވެ. އަދި ޔޮލީޔިޓޮންގް އަނގަ ނުހުޅުވުމުން ލަދު ގަންނާނެ ކަމެއް ނެތް ކަމަށާއި ޖިންސީ ގުޅުން ހިންގުމަކީ "އޯކޭ" ކަމެއް ކަމުގައި ބުނި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާ ގަދަކަމުން ޔޮލީޔިޓޮންގްގެ އަނގައިގައި އަނގަ ޖަހަން މަސައްކަތް ކުރި ކަމަށާއި އެކަމާ ދެކޮޅު ހެދުމުން ފިރިހެނުންނަށް ޝައުގުވެރިކަން ނުހުންނަނީތޯ ސުވާލުކުރި ކަމަށް ޔޮލީޔިޓޮންގް ބުނެއެވެ.

ޔޮލީޔިޓޮންގް ބުނީ ނިދާ ހެދުމުގައި ހުރިއިރު އޭނާ އެނދުމައްޗަށް ވައްޓާލާ އުޝާމް އޭނާގެ ލަދުވެތި ގުނަވަން ބޭނުން ކޮށް ގަދަކަމުން ގަޔަށް އަރަން އުޅުނު ކަމަށާއި އޭނާގެ ޖިންސީ ގުނަވަނާ ގަދަކަމުން ބަޓްލަރު އަތުން ކުޅުނު ކަމަށެވެ. އެއާއެކު ޔޮލީޔިޓޮންގް ތެދުވެ ދުއްވައިގަނެ ކްއިލްޓެއް ނަގައި ނިވާވެގަތީ ކަމަށާއި އަމިއްލަ އަށް އެދުން ފުއްދާލަން އޭނާގެ މޭމަތީގައި ހިފާލަން ތޯ އެހުމުން އެކަމާ ދެކޮޅު ހެދި ކަމަށް ވެސް އޭނާ ބުންޏެވެ.

ޔޮލީޔިޓޮންގް އެކަމާ ދެކޮޅު ހެދަމުން ދިޔުމުން އަމިއްލައަށް ބަޓްލަރު އެދުންވެރިކަން ފުއްދި ކަމަށާއި ސާފުވާން ފާހަނައިން ތުވާޔެއް ބޭނުން ކުރުމަށް ފަހު އުޝާމް ދިޔައީ އަދި އަންނާނެ ކަމަށް ބުނެ ދެން ފަހަރަކުން އޭނާއާއެކު ޖިންސީ ގުޅުން ހިންގަން ޖެހޭނެ ކަމަށް ބުނެ ބިރުދައްކާފައި ކަމަށްވެސް ޔޮލީޔިޓޮންގް ވަނީ ބުނެފައެވެ.

ހީ ދެން ޔޫސްޑް ހިސް ހޭންޑްސް އެންޑް ރިލީޒްޑް ހިމްސެލްފް އޮން މައި ކޮމްޕިއުޓާ ސްކްރީން. ހީ ޓުކް އަ ޓަވަލް ފްރޮމް ދަ ޓޮއިލެޓް އެންޑް ވައިޕްޑް އޮފް މައި ކޮމްޕިއުޓާ ސްކްރީން ވިތް ދަ ޓަވަލް. ހީ ދެން ސެއިޑް ޔޫ ނީޑް ޓައިމް ޓު އޯޕަން އަޕް އެންޑް ހީ ވިލް ބީ ބެކް އެންޑް ހީ ލެފްޓް. އައި ގެދާޑް މައިސެލްފް އެންޑް އިންފޯމްޑް ދަ މެނޭޖާސް އިން ދަ ހޮޓެލް (ރިސޯޓް) އެބައުޓް އިޓް.
ޔޮލީޔިޓޮންގް

އުޝާމް ދިއުމުން ރިސޯޓުގެ މެނޭޖަރުންނަށް ޔޮލީޔިޓޮންގް އެކަން ހިނގިކަން އެންގުމުން އެ މީހުން އައިސް އެއީ މާބޮޑު ކަމަކަށް ނުހެދި ކަމަށް ބުންޏެވެ. ދެން ފުލުހުންނަށް އެންގުމަށް އެދުމުން ފުލުހުން އަންނާނެ ކަމަށް މެނޭޖަރުން ބުނިކަމަށް ވެސް ހާދިސާ ތަފްސީލު ކުރަމުން ބުނެފައި ވެއެވެ.

އުޝާމް އެދުންވެރިކަން ފުއްދުމުން ލެޕްޓޮޕަށް ބުރާފައި ހުރި މަނި ސާފު ކުރި ތުވާލި ގެންދަން އުޅުމުން އެ އެއްޗެހި ހަވާލު ކުރަން ޖެހޭނީ ފުލުހުންނާ ކަމަށް ބުނިކަމަަށް ވެސް އޭނާ ބުންޏެވެ.

ފުލުހުން އައިސް ޔޮލީޔިޓޮންގްގެ ބަޔާން ނެގީ 2 ސްޓާފުން އެ އެއްޗެހި ގެންދިޔަ ފަހުން ކަމަށާއި ފުލުުހުން ޔޮލީޔިޓޮންގްގެ އަނގައިން ސާމްޕަލް ނަގައި ސާމްޕަލްގެ ނަތީޖާ ލިބެން ހަފްތާއެއް ވާނެ ކަމަށް ބުނި ކަމަށް ފުލުހުންނާ ހަވާލާދީ ޔޮލިންޔިޓޮން ބުނެފައި ވެއެވެ. އަދި ސާމްޕަލްގެ ނަތީޖާ ލިބުމުގެ ކުރިން ފުރަން ޖެހޭނެ ކަމަށް ފުލުހުން ބުނި ކަމަށާއި އުޝާމް ހައްޔަރު ކުރެވޭނެ ސަބަބެއް އަދި ނެތް ކަމަށް ފުލުހުން ޔޮލީޔިޓޮންގް ކައިރި ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޔޮލީޔިޓޮންގް ބުނީ މެޑިކަލް އެގްޒަމިނޭޝަން އެއް ހަދާފައިވާނެ ކަމަށާއި ހަށިގަނޑުގެ އެކި ތަންތަނުގައި ޒަހަމްތައް ހުރި ކަމަށެވެ. އަދި މެޑިކަލް އެގްޒަމިނޭޝަން ހަދައިފައި ދިޔުމުން ވީ އެންމެ އަވަހަކަށް ފުރަން ރިސޯޓުން އެންގި ކަމަށްވެސް ބުންޏެވެ.

ދޭ ޓުކް ސާމްޕަލް އޮފް މައި މައުތް. އެންޑް ޓޯލްޑް މީ އިޓް ވުޑް ޓޭކް އަ ވީކް ޓު ގެޓް ދަ ރިޒަލްޓް. އެންޑް އައި ޝުޑް ލީވް ބިފޯ ރިޒަލްޓް ކަމް. އެންޑް ދޭ ހެޑް ނޯ ރީޒަން ޓު އަރެސްޓް ހިމް ޔެޓް. އައި ވެންޓް އަހެޑް އެންޑް ޑިޑް އަ މެޑިކަލް އެގްޒަމިނޭޝަން އޭސްވެލް. އައި ހެޑް ބުރޫސެސް އޯލް އޯވާ މައި ބޮޑީ
ޔޮލީޔިޓޮންގް

ވީ އެންމެ އަވަހަކަށް ރިސޯޓުން ދާން ޔޮލީޔިޓޮންގް އަށް އަންގައި އެ ތަނުގައި ދެން ޔޮލީޔިޓޮންގް އަށް ނުހުރެވޭނެ ކަމަށް ބުނެފައި ވާއިރު އެ މައްސަލައަކީ ފުލުހުންނާއި އުޝާމް އާއި ދެމެދު ހިނގާ މައްސަލައެއް ކަމަށް ފުލުހުން ބުނެފައި ވާކަމަށް ވެސް ބުންޏެވެ. އެއީ ރިސޯޓާ އެއްވެސް ގުޅުމެއް ހުރި މައްސަލައެއް ނޫން ކަމަށް ވެސް ބުނެފައިވާ ކަމަށް އޭނާ ބުނެއެވެ.

ޔޮލީޔިޓޮންގް އެ މައްސަލަ ޖެއްސީ ހިލޭ ހުރުމެއް ހޯދުމަށް ކަމަށް އެ ރިސޯޓުން ބުނި ނަމަވެސް ރިސޯޓަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާފައި ވާނެ ކަމަށާއި އޭނާއަކީ ގަދަރުވެރި ފޯރާ އާއިލާއެއްގެ މީހެއް ކަމަށްވެސް ބުނެއެވެ. އޭނާ ސުވާލު އުފައްދަމުން އިތުރަަށް ބުނީ، ރިޒްކާލްޓަންގެ ހައުސްކީޕަރުންނަށް ދަސްކޮށްދެނީ ހަމައެކަނި ޓިޕް ދިނުމަށް އެދެން ތޯއެވެ.