ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީ އިން ސައްހަ ދިވެހި ރަހަތައް އުފައްދާ މަޝްހޫރު ދިވެހި އުފެއްދުންތެރިއެއް ކަމަށްވާ ލުއިކާނާއާ އެކު ޕާޓްނާޝިޕް ހަދައިފިއެވެ.

މޫލީން ބުނާ ގޮތުގައި، މި ޕާޓްނާޝިޕް ހެދުމުގެ އަމާޒަކީ މޫލީގެ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހި ކެއުންތަކުގެ މުއްސަނދި ރަހަތައް ފަސޭހަކަމާއެކު ތަޖުރިބާ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމެވެ. ދިވެހިން އުފައްދާ ދިވެހިވަންތަ ބާވަތްތައްް ފުޅާ ދާއިރާއެއްގައި ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމެވެ.

ރާއްޖޭގެ މާކެޓަކީ ތަފާތު ކަލިނަރީ ބާވަތްތަކަށް މަޝްހޫރު މާކެޓެއް ކަމަށާއި އަދި ދިވެހި ކެއުންތަކަށް ދިވެހިންގެ މެދުގައި އޮންނަ ޑިމާންޑް ދަނީ އިތުރުވަމުން ކަމަށް މޫލީން ބުނެއެވެ. ލުއިކާނާއާ ގުޅިގެން މޫލީ އިން މަސައްކަތް ކުރަނީ އެ ޑިމާންޑާ އެއްވަރަށް ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށް ދިނުމަށާއި، ކަސްޓަމަރުންގެ ފޭވަރިޓް ހުރިހާ ލޯކަލް ޓްރީޓްތަކަށް ވަން ސްޓޮޕް ސޮލިއުޝަނެއް ފޯރުކޮށް ދިނުމަށް ކަމަށް މޫލީން ބުނެއެވެ.

ލުއިކާނާ އިން ވިއްކާ މިހާތަނަށް މާކެޓަށް ނެރެފައިވާ ދިވެހި ކެއުންތަކުގެ ބާވަތްތައް މިހާރު މޫލީ އިން ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް މޫލީ އިން ބުނެއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސައްހަ ރަހަތައް ދައްކުވައިދޭ ޕްރޮޑަކްޓްތައް ކަސްޓަމަރުންނަށް ފުޅާ ދާއިރާއެއްގައި ބަލާލެވޭނެ ކަމަށް ވެސް މޫލީ އިން ބުނެއެވެ.

އެގޮތުން ސީދާ އައްޑު އަތޮޅުން އުފައްދާ މަޝްހޫރު އައްޑޫ ބޮނޑިން ފެށިގެން ތެލުލި ބަނބުކެޔޮ، މުރު މުރު، އުލްހާލި، ތުނިއްޔާ، އަތު ޖެހި، ކުދި ކަޖާ، ފޮނިމާ ފަދަ އާދަޔާ ހިލާފު އެހެނިހެން ލުއިކާނާތައް ވެސް މޫލީ މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

މޫލީގެ ޕްލެޓްފޯމްގެ ލުއިފަސޭހަކަމާ އެކު ކަސްޓަމަރުންނަށް މިހާރު މަޝްހޫރު ހުރިހާ ދިވެހި ކެއުންތަކެއް އެއްތަނަކުން ލިބެން ހުންނަ އިރު، ރާއްޖޭގައި ކޮންމެ ތަނެއްގައި ހުރެގެން ވެސް މޫލީ މެދުވެރިކޮށް ގަންނަ ތަކެތި ގެއާ ހަމައަށް ޑެލިވެރީކޮށްދޭނެއެވެ.