ކުރިއަށް އޮތް އަޟްހާ އީދު ބަންދުގައި މިމަހުގެ 25 އިން 29 އަށް ސަރުކާރު ބަންދު ވި ނަމަވެސް މިމަހު 26 ގައި ބޭންކިން ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން ނެރުނު އިއުލާާނެއްގައިވާ ގޮތުން ބޭންކިންގް ގެ ހިދުމަތް ދޭނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމެންޓް އުސޫލުންނެވެ. އެގޮތުން 26ވާ ހޯމަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހުު 14:00 އަށް ހިދުމަތް ލިބޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުންވެސް ސިޓީ އާއި އެހެން ތަކެތި ބަލައިގަތުން 9:00 އިން 2:00 އަށް ކުރިއަށްދާނެ ކަމަށް އެ އިއުލާނުގައި ވެއެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އަޟްހާ އީދު ދުވަހަކީ މި މަހުގެ 28 ވަނަ ދުވަސް ނަމަވެސް މިމަހުގެ 25 އާއި 26 އަކީވެސް ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
އީދު ބަންދުގައި ބޭންކުތައް ހުޅުވުން 26 ވަނަ ދުވަހަށް ކަނޑައެޅި އިރު ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރު އޮފީސްތަކުން، މި މަހުގެ 22 ވަނަ ދުވަހު މުސާރަ ޖަމާ ކުރުމަށް މަރުކަޒީ ބޭންކުން ވަނީ އަންގައިފައެވެ.