މަޝްހޫރު ސިޓްކޮމް "ދެޓް ސެވަންޓީސް ޝޯ" ގެ ސްޓީވަން ހައިޑްގެ ކެރެކްޓާ ރޯލު ކުޅުނު ހޮލީވުޑްގެ އެކްޓަރު ޑެނީ މާސްޓަސަން ގެ މައްޗަށް ރޭޕްގެ ކުށް ސާބިތު ވެއްޖެއެވެ.

ނުވައިދިހައިގެ އަހަރުތަކުގެ ތެރޭގައި ގިނަ ބަޔަކަށް ކަމުދިޔަ ސިޓްކޮމް "ދެޓް ސެވަންޓީސް ޝޯ" ގެ އެކްޓަރު ޑެނީގެ މައްޗަށް ސާބިތުވެފައި ވަނީ ރޭޕްގެ ދެ މައްސަލައެކެވެ. އޭނާގެ މައްޗަށް މީގެ ހަ އަހަރެއްހާ ދުވަސްކުރިން ވަނީ ތިން އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުކޮށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން ޑެނީ ދެ އަންހެނަކު ރޭޕްކުރި ކަމަށް ސާބިތުވެފައިވާއިރު ބާކީ އިން އަންހެން މީހާގެ މައްސަލައާ މެދު ކޯޓުން ވަކި ގޮތެއް ނުނިންމައެވެ. މި މައްސަލައިގައި ޑެނީ މިހާރުވެސް ޖަލުގައި ހުރި އިރު އޭނާ އަށް 30 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑެނީ މާސްޓަސަންގެ މައްޗަށް ރޭޕްގެ ތުހުމަތު އެންމެ ފުރަތަމަ ކުރެވުނީ 2017 ވަނަ އަހަރުއެވެ. އޭރު އެ ތުހުމަތު ތަކަށް ޑެނީ އިންކާރުކުރި ނަމަވެސް ހަ އަހަރު ދިގު ކޯޓު މަރުހަލާ ތަކަށްފަހު އޭނާ ގެ މައްޗަށް ވަނީ ކުށް ސާބިތުވެފައެވެ. މާސްޓަސަން ރޭޕްކުރި ކަމަށް ބުނާ ތިން އަންހެނުންނަކީ ލޮސްއެންޖަލިސް ގެ ފައްޅިއަކަށް ނިސްބަތްވާ ތިން އަންހެނުންނެވެ.

"ދެޓް ސެވަންޓީސް ޝޯ"ގެ ޕްރިކުއަލް "ދެޓް އެއިޓީސް ޝޯ" އެއް އުފައްދާފައިވާއިރު މި ޝޯގައި ޑެނީ ނޫން އެހެން ހުރިހާ ތަރިންނެއް ހަރަކާތްތެރިވިއެވެ. އެކްޓަރު ޑެނީ ވަނީ ހޮލީވުޑްގެ ގިނަ ފިލްމުތަކެއް ކުޅެ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައެވެ.