ބޭންކް އޮފް މޯލްޑިވްސް ގެ އެއޕް މެދުވެރިކޮށް ރޭގެ ވަގުތެއްގައި ކަސްޓަމަރުން ކުރި ޓްރާންސްފާ މުއާމާލާތްތަކެއްގައި ގިނަ މައްސަލަަތަކެއް ފާހަގަ ކުރެވިފައި ވާތީ، އެ މައްސަލަތަކަށް ހައްލު ހޯދުމަށް ކަސްޓަމަރުން ބޭންކަށް މެސެޖު ކުރުމަށް އެދިއްޖެއެވެ.
ރޭ ގާތްގަނޑަކަށް 9:30 ހާއިރުން ފެށިގެން 11:30 އާ ދެމެދު އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކައުންޓް ތަކަށް ފައިސާ ފޮނުވުމުގައި މައްސަލަތަކެއް ވަނީ ދިމާވެފައެވެ.
އެކަމާ ގުޅިގެން އެ ބޭންކުން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެ އެކައުންޓް ޓްރާންސްފާ މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި އެފަދަ މައްސަލައެއް ދިމާވެފައިވާ ކަސްޓަމަރެއް ވާ ނަމައިންޓަނެޓް ބޭންކިން ނުވަތަ މޯބައިލް އެޕް މެދުވެރިކޮށް އެ ބޭންކަށް މެސެޖެއް ފޮނުވުމަށް އެދޭ ކަމަށެވެ. ބީއެމްއެލްގެ ޓީމުން އެ މައްސަލަ ހައްލުކޮށް ދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި އަދި ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ރޭގެ ވަގުތެއްގައި ދިމާވި މި މައްސަލައާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދިން މީހަކު ބުނީ، އެއްވެސް މުއާމަލާތެއް ކުރެވޭ ކަމަކަށް އެޕްލިކޭޝަން އިން ނުދައްކާ ކަމަށެވެ. 'ޓައިމް އައުޓް' އަރާ ކަމަށާއި އަދި އެއްވެސް ފައިސާއެއް މަދުވާ ކަން އެކައުންޓުން ވެސް ނުދައްކާ ކަމަށެވެ. އެހެންކަމުން ދެ ތިން ބުރަކަށް ފައިސާ ފޮނުވަން މަސައްކަތް ކުރި ކަމަށް އޭނާ ބުނެއެވެ.
ނަމަވެސް އިރުގަނޑެއްގެ ފަހުން އަނެއްކާ ވެސް ފައިސާ ފޮނުވަން ބެލި އިރު އެކައުންޓުން ކުރިން ހެދި ތިން ޓްރާންސެކްޝަން ވެސް ފުރިހަމަ ވެފައިވާ ކަމަށާއި އަދި އެކައުންޓުން އެ ފައިސާ ކެނޑިފައި ވާ ކަމަށް އެމީހާ ބުންޏެވެ.
މީގެ އިތުރުން މި މައްސަލަ ދިމާވި ފަރާތްތަކުން ރޭގެ އެ ވަގުތުގައި ފައިސާގެ މުއާމަލާތް ނުކުރެވުމުން އޭޓީއެމްއިން ފައިސާ ނަގަން ދިޔަ އިރު ބީއެމްއެލްގެ ކާޑްތަކުން ފައިސާގެ އެއްވެސް މުއާމަލާތެއް ވެސް ނުކުރެވުނު ކަންވެސް ވަނީ އެނގިފައެވެ.
މިފަދަ މައްސަލަތައް އެތައް ބަޔަކަށް ދިމާވެ ރޭ ބީއެމްއެލްއަށް ގިނަ ބަޔަކު ފާޑުކިޔާފައި ވެއެވެ.
ރޭގެ ވަގުތެއްގައި ޓްރާންސްފާ މުއާމަލާތްތަކުގެ މައްސަލައެއް ދިމާވެފައިވާ އިރު، ކްރެޑިޓް ކާޑް މެދުވެރިކޮށް އެކައުންޓުން ފައިސާ ކެނޑޭ މައްސަލަތައް ވެސް އަންނަނީ ފެންނަމުންނެވެ. ކާޑް ކޮމްޕްރޮމައިޒްވެ ކާޑުގެ މައުލޫމާތު ލީކް ވުމުން އެ މައުލޫމަތު ބޭނުންކޮށްގެން ބައެއް މާޗެންޓްތަކުން ވިޔަފާރި ކުރެއެވެ. އަދި އެ ޓްރާންސެކްޝަންތަކުގެ ސަބަބުން އެކައުންޓްގެ ވެރިފަރާތަށް އެނގުމެއް ނެތި ފައިސާ ކެނޑެއެވެ. ފައިސާ ކެނޑޭކަން އެނގެނީ، އަންނަ އެސްއެމްއެސް މެސެޖަކުންނެވެ. އޭރު އޮންނަނީ ލާރިކޮޅު ކަނޑާލާފައެވެ. މި ފަދަ މައްސަލަތަކުގައި ކަސްޓަމަރު ޖެހެނީ ޑިސްޕިއުޓް ފޯމެއް ހުށަހަޅާށެވެ.
މި ފައިތުވި 2-3 ދުވަހު މިފަދަ މައްސަލައެއް ދިމާވި ފަރާތަކުން 'ދަ ޕްރެސް' އަށް މައުލުމާތު ދެމުން ބުނީ އެނާގެ ކްރެޑިޓް ކާޑުން އޭނާ އަށް ނޭނގި ޓްރާންސެކްޝަނެއް ހަދާފައިވާ ކަަމަށާއި އެ ޓްރާންސެކްޝަން ހަދާފައި ވަނީ އިންޑިއާގެ ބޮމްބޭގައި ހުންނަ 'ދޫރުދާސް' ކިޔާ މާޗަންޓަކުން ކަމަށެވެ.
މީގެ އިތުރުން ވެސް ބީއެމްއެލް އެކައުންޓްތަކުން ފައިސާ ކެނޑޭ މައްސަލަތައް ގިނަ ވެ، އެ ކަންތައް ވަރަށް ހޫނުވެފައި ވެއެވެ. އެކަމާ ގުޅިގެން އޭރު ބީއެމްއެލް އިން ހައްލު ވެސް ހޯދިއެވެ.
ހަމަ މިފަދަ އެހެން ހާދިސާއެއްގައި ޗެޓްޖީޕީޓީއާ ގުޅޭ ފްރައުޑް މައްސަލަތަކެއް ދިމާވެގެން ބީއެމްއެލުން އެ މައްސަލަ ހައްލުކޮށް ކުރި އެ ޓްވީޓްގައި ބުނެފައި ވަނީ، ޗެޓްޖީޕީޓީއާ ގުޅިފައިވާ މަކަރާއި ހީލަތުގެ މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން އެ މާޗަންޓުގެ މުއާމަލާތްތައް ވަގުތީ ގޮތުން ބްލޮކްކޮށްފައިވާ ކަމަށެވެ.
މާޗަންޓް ޑޭޓާ ކޮމްޕްރޮމައިޒް ވުމުގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން ކަސްޓަމަރުންނަށް އަސަރު ކޮށްފާނެ ކަމަށާއި، ބީއެމްއެލް ކަސްޓަމަރުން ހިމާޔަތް ކުރުމަކީ އެ ބޭންކުން އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައް ކަމަށް ބުނެއެވެ. އަދި ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް ބީއެމްއެއް އިން ބުނެފަި ވެއެވެ.
މިއީ ބީއެމްއެލް ބަނގުރޫޓްކޮށް ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ރާއްޖޭގެ މައި ބޭންކްގެ މަގާމު ދޭން ސަރުކާރުން ރާވައިގެން ހިންގާ ޖަރީމާއެކެވެ.
ބެންކު ނުބެލެހެއްޓޭ މީހުން އަވަހަށް އެތަނުން ބޭރުކުރޭ
ބީއެމްއެލް ނޫނަސްރާއްޖޭގައި ވަރަށްގިނަބޭންކް ތައްއެބަހުރި އެކައުންޓުގެ ވެރިފަރާތަށްނޭގި ޓްރާންސްފަތައް ހަދައި އެކައުންޓްގައި ހުރި ހުރިހާފައިސާއެއް ވެރިފަރާތަށްނޭގި ނަގައިގެން އެވާހަކަ ދައްކާތީ އަދިއަޑެއް ނާހަން އަހަރެން މިހާރު މިގެންގުޅެނީ އެމްއައިބީ އެކައުންޓެއް ވަރަށް ބަރާބަރު ހުރިހާ ކަމެއްވެސް މިހާރު ރަނގަޅަށް ނިދާލެވޭ ބޭންކްގައި ހުރި ފައިސާކޮޅަށް ވެދާނެ ގޮތަކާއި މެދު ކުޑަކޮންވެސް ވިސްނާލާކަށް ނުޖެހޭ ….
ޟަކުވާ ގިނަތައްކުރޭ ދެންބިރު ނުގަނޭ
ފޑބ ބޭންކް އޮފް މޯލްޑިވްސް