ރޭ އައްޑޫ ސިޓީ މަރަދޫފޭދޫގައި ހިނގި މާރާމާރީއެއްގައި ބޭބެއަށް ހަމާލީ ބޭބެ މަރާލި މައްސަލާގައި ކޮއްކޮ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފަރުވާ ދެމުން އަންނަނިކޮށް ރޭ މަރުވީ އުމުރުން 27 އަހަރުގެ މީހެކެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުން އެ މާރާމާރީ ހިނގާފައި ވަނީ ދެބައިންގެ ދެމެދުގައި ހިންގި ހަމަނުޖެހުމެއްގައި ކޮއްކޮ، ބޭބެ ގަޔަށް ވަޅި ހަރައިގެންނެވެ. އޭނަގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި ޒަހަމްކޮށްލުމާ ގުޅިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ނިއުޅެމުންދާ ވާހަކަތަކަށް ބަލާއިރު އެ ދެމީހުންގެ ދެމެދުގައި ޖެހިފައިވާ މައްސަލައަކީ ފޯނު ވިއްކާލުމަށްފަހު ބޭބެ ފޯނެއް ގަތް މައްސަލައެވެ.

މި ހަމަލާގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު އެއިން ފެންނަ ގޮތުގައި ހަށިގަނޑުގެ އެކި ތަންތަނަށް ދިން ހަމަލާއާ ގުޅިގެން އޭނަ ލައިގެން އޮތް ގަމީސް ވެސް އޮތީ ލެއިން ތަތްތެޅިފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.