ފުވައްމުލަށް ސިޓީ އެތެރޭގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ފުވައްމުލަށް އެތެރޭގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 86 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އަދި ސަބް ބޭސް އެޅުމުގެ މަސައްކަތް މިހާރު 92 އިންސައްތަ ނިމިފައިވައިރު، ސަބް ގްރޭޑް އެޅުމުގެ މަސައްކަތް މިހާރު ވަނީ 66 އިންސައްތަ ނިމިފައެވެ.

އެމްޓީސީސީން ބުނީ ސައިޓުގައި މިހާރު ކުރިއަށްދަނީ ތާރުއެޅުމާ މަގުބައްތި ހަރުކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95,239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ވަނީ ނިންމާފައެވެ. އަދި 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމަށްވަނީ ނިންމާފައެވެ.

މީގެ އިތުރުން 19,940 މީޓަރުގެ ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށްވަނީ ނިންމަފައެވެ.

މި މަޝްރޫއަކީ 302.72 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.