ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "އެމިލީ އެންޑް ޕެރިސް" ގައި އެމިލީ ގެ ރޯލު ކުޅޭ ބަތަލާ ލިލީ ކޮލިންސް ގެ އެންގޭޖްމަންޓް އަނގޮޓި އާއި ކައިވެނީގެ އަނގޮޓި ވަގަށް ނަގައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ލިލީ ގެ އަނގޮޓި ވަގަށް ނެގީ އޭނާ ސެލޫނެއްގައި ހުއްޓައެވެ. އެޑިޝަން ހޮޓެލެއްގެ ލޮކަރެއްގައި ބަތަލާ އެއްގެ ގަހަނާތަކެއް ވަގަށް ނެގި މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިވާކަން ލޮސް އެންޖަލަސް ޝެރިފް ޑިޕާޓްމަންޓުން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި އެ މައްސަލަ ބާރު މިނެއްގައި ތަހުގީގުކުރަމުން އަންނަ ކަމަށްވެސް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ލިލީ ސްޕާ އަށް ދިޔައީ ލޮކަރުގައި އޭނާގެ ގަހަނާތައް ބެހެއްޓުމަށްފަހު ލޮކަރު ތަޅުލާފައެވެ. ނަމަވެސް ސްޕާ ނިންމާލުމަށް ފަހު އެނބުރި އަނގޮޓި އަޅަށް އަނގޮޓި ނަގަން ލޮކަރު ހުޅުވިއިރު އޭނާ ބެހެއްޓި އެއްވެސް އެއްޗެއް ލޮކަރަކު ނެތް ކަމަށްވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ވަގަށް ނެގު ދެ އަނގޮޓި އަކީ ހަތަރު ކެރެޓްގެ އަނގޮޓި ތަކެކެވެ. އަދި އެ އަނގޮޓި ތަކުގެ އަގު އުޅޭނީ 75،000 އާއި އެއްލައްކަ ޑޮލަރާ ދެމެދުގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ލިލީ އާއި އޭނާގެ ފިރިމީހާ ޗާލީ މެކްޑޮވެލް ލޯބީގެ ގޮތުން ގުޅުނީ 2012 ވަނަ އަހަރުގައެވެ. ދެމީހުން 2020 ވަނަ އަހަރު އެންގޭޖްވެފައި ވާއިރު ދެމީހުން ކައިވެނިކުރީ ޖެހިގެން އައި އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.