މިރޭގެ ވަގުތެއްގައި ހުޅުމާލޭގައި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަަލައެއްގައި 4 މީހަކު ހައްޔަރު ކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ފުލުހުންގެ އޮފިސަރަަކަށް މިރޭ ގްރޫޕަކުން ހަމަލާ ދީފައިވާ ކަމަށާއި އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށެވެ. އަދި މި މާރާމާރީ އާ ގުޅިގެން 4 މީހަކު ފުލުހންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނަމަވެސް ހައްޔަރު މީހުންނާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި ފުލުހުންގެ އޮފިސަރަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އޮފިސަރަކަށް ހުޅުމާލެއިން ބަޔަކު ހަމަލާދީފައި ވަނީ އޭނާ ކުލަ ހެދުމުގައި ހުއްޓައެވެ. އަދި ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ހަމަލާ ދިން މީހުން ފިލަން ގޮސް ވަނީ ހުޅުމާލޭގެ 53 ނަންބަރު ފްލެޓަށެވެ.