އެމްޓީސީސީގެ ބަހެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާ އެކު ތިން ބިދޭސިއަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ހައްޔަރު ކުރި ތިން މީހުންނަކީ 30، 34 އަދި 38 އަހަރުގެ އިންޑިއާ މީހުންނެވެ.
ފުލުހުން މި އޮޕަރޭޝަން ހިންގީ، އެމްޓީސީސީގެ ބަހެއްގެ ތެރޭގައި ބަނގުރާ ގެންގުޅޭ ކަމަށް އެ މުއައްސަސާއަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ޖުމްލަ 23 ފުޅި ބަނގުރާ އެމީހުންގެ އަތުން ފެނިފައިވާ ކަަމަށް ކޯޓު އަމުރުގައި ބުނެއެވެ.
އެގޮތުން 30 އަހަރުގެ ފިރިހެން މީހާގެ ދަބަހުން ބަނގުރާ ހުރި 500 އެމްއެލްގެ 16 ފުޅި ފެނިފައވާ އިރު 38 އަހަރުގެ މީހާ ގެންގުޅުނު ކޮތަޅެއްގެ ތެރެއިން ދެ ފުޅި ބަނގުރާ ފެނިފައި ވެއެވެ. އަދި 35 އަހަރުގެ މީހާގެ ދަބަހުން ބަނގުރާ ހުރި 500 އެމްއެލްގެ ފަސް ފުޅި ފެނިފައި ވެއެވެ.
އެމިޙުން ހައްޔަރުކޮށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުން ދެ މީހަކު 15 ދުވަހަށް އަދި އެކަކު ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އެކޯޓުން ވަނީ އަމުރު ކޮށްފައެވެ.
އެކަކުވެސް ދޫނުކުރާތީ ބިދޭސީންގެ އުދަގޫ މިރާއްޖޭއަށް ވަނީ ފޯރާފަ